ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއޭޖެންސީ އަދި މިއޭޖެންސީގެ ދަށުން ހިންގަމުންގެންދާ ސެންޓަރުތަކުގައި ބޭނުންކުރަމުންގެންދާ 69 އަލިފާން ނިވާ ފުޅިތައް ރީފިލްކޮށް ސަރވިސްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން.

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީއާއި މި އޭޖެންސީގެ ދަށުން ހިންގަމުންގެންދާ ސެންޓަރުތަކުގައި ބޭނުންކުރަމުންގެންދާ 69 އަލިފާން ފުޅިތައް ރީފިލްކޮށް، ސަރވިސްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މި އިއުލާނާއި ގުޅޭ މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

14 އޮކްޓޯބަރ 2025 (އަންގާރަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

05 އޮކްޓޫބަރު 2025
ހޯދާ