ދިވެހިރާއްޖެ
މިއިދާރާގެ ގޯތިތެރޭގައި އައުޓް ޑޯ ލެޑް ޑިސްޕްލޭ ހަރުކޮށް ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންވާ މަޢުލޫމާތު ޝީޓް، މިއިޢުލާނާއިއެކު، ދިވެހި ސަރުކާރުގެ ގެޒެޓްއިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ވީމާ، މިތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ބިޑް ހުށަހުޅުއްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގޮތުގެ މަތިން، މިއިދާރާގައި ބިޑް ރަޖިސްޓްރީކުރައްވަން ވާނެއެވެ. ބިޑްރަޖިސްޓްރީ ކުރެއްވުމަށްޓަކައި، 09 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތާއިއެކު، މިއިދާރާގެ މެއިލް: [email protected] އަށް، އީމެއިލް ކުރެއްވުން އެދެމެވެ.
|