ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލުން

މި ކައުންސިލުން އިންތިޒާމުކޮށްގެން މި އަހަރު ނޮވެންބަރު 20ން 27ށް ބޭއްވުމަށް ހަމަޖެހިފައިވާ ލާމަސީލުލާމު އަތޮޅު ވޮލީ މުބާރާތް ހޯސްޓްކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ. މި މުބާރާތް ހޯސްޓްކުރާ ފަރާތައް 20،000ރ (ވިހި ހާސް ރުފިޔާ)ގެ ފައިސާގެ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި މުބާރާތް ހޯސްޓްކުރުމަށް ޝަޢުގުވެރިވާ ރަށު ކައުންސިލްތަކާއި ކުލަބް ޖަމްޢިއްޔާތަކުން 2025 އޮކްޓޫބަރު 09ވަނަ ދުވަހު 11:30އަށް ޕްރޮޕޯސަލް ހިއްޕަވައިގެން މި އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ. މުބާރާތް ހޯސްޓްކުރުމަށް ޕްރޮޕޯސަލް ހުށަހަޅާ ފޯމު މި އިދާރާގެ ވެބްސައިޓް laamu.gov.mvއިން ލިބެން ހުންނާނެވެ. އަދި މުބާރާތް ހޯސްޓްކުރާ ޖަމްޢިއްޔާއަކަށް މުބާރާތުގެ އެއްވެސް ޑިވިޜަންނެއްގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

30 ސެޕްޓެންބަރު 2025
ހޯދާ