ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބައުވެ ހަލާކުވެފައިވާ ސާމާނު ނީލަމުގައި ވިއްކާލުން
މި ކޯޓުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު (IUL)197-A2/1/2024/17 (14 މޭ 2025) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 13 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު (ތީމުގެ / އޯކިޑް މަގު) އަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ.
ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ބެލުމުގެ އިންތިޒާމް 12 އޮކްޓޫބަރު 2025 ދުވަހު 10:00 ގައި މިކޯޓުގައި ހަމަޖެހިފައިވާނެއެވެ.
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.