ދިވެހިރާއްޖެ
އިޢުލާން
މިވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 4 ވަނަ ބުރު ނޮވެންބަރު 2025 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބުރުގައި ރާއްޖެއާއި ރާއްޖޭންބޭރުން ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު މި ލިންކު https://forms.gle/K4xYakNJqb8cvmQU9 މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށައެޅުން އެދެމެވެ.
ހުށައަޅަންޖެހޭ ލިޔުންތައް އަދި ފުރިހަމަ ވާންޖެހޭ ޝަރުތުތައް
- ގްރޭޑް، 10،11،12 ކިޔަވާ ނުވަތަ ކިޔެވުންނިމި 18 އަހަރު ފުރިފައިނުވާ ކުއްޖެކަމުގައި ވުން
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ
- ސްކޫލުގައި އުޅޭނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން
- ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުން (18 އަހަރު ނުފުރޭނަމަ)
ސަނަދު ދޫކުރުމުގެ ޝަރުތުތައް
- ޒުވާން ޚަޠީބު އިންޓަވިއު ނިންމާފައިވުން
- ޓުރެއިނިންގ ސެޝަންތަކުގެ ހުރިހާ ސެޝަނަކަށް ވެސް ޙާޒިރުވެފައިވުން
- ލިޔުމުގެ އިމްތިހާނުން ފާސްވެފައިވުން
އެހެނިހެން މަޢުލޫމާތު
މާލޭގައި ދިރިއުޅޭ ދަރިވަރުންގެ ޓުރެއިނިންގ ހަދާނީ މާލޭގައި ފޭސްޓު-ފޭސް ކޮށެވެ. ރަށްރަށުގައި އަދި ރާއްޖޭއިން ބޭރުގައި އުޅޭ ދަރިވަރުންގެ ޓުރެއިނިންގ ހަދާނީ އޮންލައިން ކޮށެވެ. ފޭސްޓު-ފޭސްކޮށް ޙާޒިރުވެގެން ޓުރެއިނިންގ ހަދަންބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު އޮންނާނެއެވެ.
މި ރުގައި ބައިވެރިވާން އެދޭ ފަރާތަކުން 25 އޮކްޓޫބަރު 2025 ވާ ހޮނިހިރު ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށައެޅުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި ޢިއުލާން ކުރީމެވެ.
