މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕޭމަންޓް މޯލްޑިވްސްއަށް ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލުން
ދިވެހިރާއްޖޭގެ ރީޓެއިލް ޕޭމަންޓް ނިޡާމް ހަރުދަނާކޮށް ކުރިއަރުވާ، ޒަމާނީ ޚިދުމަތްތަކަށް މަގުފަހިކޮށްދިނުމަށް، ޕޭމަންޓް މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް މި އޮތޯރިޓީއިން ވަނީ ނިންމާފައެވެ. އެހެންކަމުން، ޕޭމަންޓް މޯލްޑިވްސް އަށް ލޯގޯއެއް ފަރުމާކުރުމުގެ މުބާރާތެއް ހުޅުވާލައި އެކަން އާންމުކޮށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިކަމާއި ގުޅޭ އިތުރު ތަފްޞީލުތައް ހިމެނޭ ގައިޑްލައިނެއް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އަށްވެސް އަޕްލޯޑް ކުރެވިފައިވާނެއެވެ.
02 އޮކްޓޫބަރު 2025
ހޯދާ