އަގު ހުށައެޅުމުގެ ފުރުސަތު
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ފަރާތުން އދ.ދިއްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޮންސްޓްރަކްޝަން އޮފް ހެލްތް ސެންޓަރ ޕްރޮޖެކްޓް އާބެހޭ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ފަރާތުން އދ.ދިއްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޮންސްޓްރަކްޝަން އޮފް ހެލްތް ސެންޓަރ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށްދާ މިކުންފުނީގެ 15 މުވައްޒަފުންނަށް 3 އިރުގެ ކެއުން ހަމަޖައްސައިދެއްވާނެ ފަރާތެއް ބޭނުންވެއެވެ.
ތަފްޞީލް:
ޙިދުމަށްދޭ ފަރާތުން ޖުމްލަ ސައިޓް ވޯކަރުންނަށް ދުވާލަކު 15 ޕެކްސް އަށް ކެއުން ހަމަޖައްސައި ޑެލިވަރީ ކޮށްދެންވާނެއެވެ. ކާބޯތަކެތީގެ އިންތިޒާމްގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.
މެނޫއަށް ބޭނުންވާ ކަންތައްތައް:
1 ހެނދުނުގެ ނާސްތާ
2 މެންދުރު ކެއުން
3 ރޭގަނޑުގެ ކެއުން
ހުރިހާ ކެއުމެއްވެސް ތާޒާކޮށް ތައްޔާރުކޮށް، ސާފްތާހިރުކަމާއެކު ޕެކްކޮށްފައި، ވަގުތުން ޑެލިވަރީ ކުރަންޖެހެއެވެ.
ނޯޓް: ކެއުންތައް ފޯރުކޮށްދީ ބެލެއްޓުމާއި ޕޭމަންޓް ޕްރޮސެސް ކުރުމަށްޓަކައި ލޮގް ބިލް އާއި ހިއްސާ ކުރަންޖެހެއެވެ.
އެންމެ ކުޑަމިނުން ޝަރުޠު:
- ދުވާލަކު 1 ކެއުމުގައި މަސް ޑިޝްއެއް ހިމަނަންވާނެއެވެ.
- މަހަކު 1 ކެއުން ބީފް ހިމަނަންވާނެއެވެ.
- ހުކުރު ދުވަހުގެ މެންދުރު ކެއުމުގެ މެނޫގެ ސްޓޭންޑަޑް ކޮމްޕޮނެންޓެއްގެ ގޮތުގައި ހަފްތާއަކު އެއްފަހަރު ޗިކަން ބިރިޔާނީ ހިމަނަން ޖެހެއެވެ.
މުއްދަތު:
ކާބޯތަކެތި ހަމަޖެއްސުމުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެއްބަސްވާ ތާރީހުން ފެށިގެން 90 ދުވަހުގެ މުއްދަތަކަށެވެ.
ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މިކައުންސިލަށް އަގު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ ކައުންސިލްގެ ރައީސް ޣައްސާން ޢަބްދުއްﷲ 7942704 އަށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
|