ދިވެހިރާއްޖެ
ކާބޯތަކެތީގެ މައުރަޒު 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.
2025 ވަނަ އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނާލާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކާބޯތަކެތީގެ މައުރަޒެއް 18 އޮކްޓޯބަރ 2025 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނާލާފުށީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށްވެސް މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެފިފައިވެއެވެ.
ވީމާ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކާބޯތަކެތީގެ މައުރަޒު 2025 ގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރުއްވުމަށްފަހު ނުވަތަ މި އިއުލާންގައިވާ ގޫގުލްފޯމް ފުރުއްވުމަށްފަހު 9 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.
ގޫގުލް ފޯމް ލިންކް: https://forms.gle/xgBdcKp1oa7XwaPz5
ވިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.