ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގެ ދެކުނު ސަރަޙައްދުގެ ކުޅި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުގެ ބީލަންހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތިނަދޫ ސިޓީގެ ދެކުނު ސަރަޙައްދުގެ ކުޅި ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)415/415/2025/158 އަދި (IUL)415/415/2025/180 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީ ދެންނެވިފައިވާ އިޢުލާނާ ގުޅިގެން އެ ބީލަމުގެ މަޢުލޫމާތު ޝީޓު ތައްޔާރު ކުރުމާއި މިހާރު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޕްރި ބިޑް މީޓިންގ އެއް ބޭއްވުމަށް ނިންމާފައިވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 އޮކްޓޯބަރ 2025 (ބުރާސްފަތި) ދުވަހުގެ 11:00 ގައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ޙަވާލާދެވިފައިވާ އިޢުލާންތަކާއި ގުޅިގެން މި މަސައްކަތަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
|
|
ތާރީޚް |
ގަޑި |
ތަން |
|
ޕްރީ ބިޑް މީޓިންގ |
16 އޮކްޓޯބަރ 2025 (ބުރާސްފަތި) |
11:00 |
ތިނަދޫ ސިޓި ކައުންސިލްގެ އިދާރާގެ މިޓިންގ ރޫމް |
|
ބީލަން ހުށަހެޅުން |
30 އޮކްޓޯބަރ 2025 (ބުރާސްފަތި) |
11:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
10 رَبيع الآخِر 1447
02 އޮކްޓޯބަރ 2025
