ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް، ރީޓެއިނަރ ބޭސިސްގައި، އޮތޯރިޓީގެ އައު ކުއާޓަރލީ މެގަޒިންއަށް ބްރޭންޑިންގ އަދި ޑިސައިންގ ގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، 23 ސެޕްޓެންބަރު 2025 ވަނަ ދުވަހު ކުރި އިޢުލާން IL/2025/12547 ނަންބަރަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި ބިޑުގެ މުއްދަތު ތިރީގައިވާ ތާވަލާ އެއްގޮތަށް އިތުރުކޮށްފީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުގުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ މަޢުލޫމާތު، މަޤާމު، އީމެއިލް އަދި ފޯނު ނަންބަރު ހިމެނުމަށް ފަހު، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ރަޖިސްޓްރީ ވެފައިވާ، ދިވެހިން ހިއްސާވާ ކުންފުނި އަދި ޕަރޓްނަރޝިޕް ނުވަތަ ސަރުކާރު ހިއްސަވާ ކުންފުނިތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
06 އޮކްޓޫބަރު 2025 |
ހޯމަ |
11:00 |
އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި |
07 އޮކްޓޫބަރު 2025 |
އަންގާރަ |
11:00 |
އީމެއިލް އިން ޖަވާބު ދިނުމުގެ ސުންގަޑި |
07 އޮކްޓޫބަރު 2025 |
އަންގާރަ |
15:00 |
އަންދާސީ ހިސާބު ހުށަހެޅުން |
12 އޮކްޓޫބަރު 2025 |
އާދިއްތަ |
11:00 |
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.