ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު ހުޅަނގުފަރާތު އަތިރިމަތީގައި 4 ބީޗް ހަޓް ހެދުމާއި ގުޅޭ

އިޢުލާން

 

                                                 ނަމްބަރު:  (IUL)262/262/2025/88

 

 ހދ.ނޮޅިވަރަންފަރު ހުޅަނގުކޮޅު އަތިރިމަތީގައި 4 ބީޗް ހަޓް ހެދުމާއި ގުޅޭ

 

ހދ.ނޮޅިވަރަންފަރު ހުޅަނގުކޮޅު ބީޗްގައި 4 ބީޗްހަޓް ހެދުމަށް ބޭނުންވެއެވެ. ވީމާ، މި އިއުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ޝީޓްގައިވާ ކުރެހުމާއި އިރުޝާދާއި އެއްގޮތަށް މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި: ‏12‏ އޮކްޓޯބަރ‏ 2025‏ (އާދީއްތަ‏) ގެ 14:00އަށް

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/0QtWfp7g7p  

ޕްރީ ބިޑް މީޓިން ތާރީޚް: ‏: ‏9‏ އޮކްޓޯބަރ‏ 2025‏ (ބުރާސްފަތި‏) ގެ 10:00އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި

އަންދާސީ ހިސާބު ހުށަހެޅުން ‏14‏ އޮކްޓޯބަރ‏ 2025‏ (އަންގާރަ‏)10:00  އަށް

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ ‏12‏ އޮކްޓޯބަރ‏ 2025‏ (އާދީއްތަ‏) ގެ 14:00ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

01 އޮކްޓޫބަރު 2025
ހޯދާ