ދިވެހިރާއްޖެ
ތުލުސްދޫ ކައުންސިލަށް ބޭނުންވާ ބެކޯލޯޑަރެއް ހޯދުން
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ބްރޭންޑް ނިއު ބެކޯލޯޑަރެއް (3 ޓަނަށް ވުރެ ކުޑަ ނޫން) ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 05 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ލިންކްގައި https://forms.gle/t4rdYcTsMhZNyJNJ7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 05 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 08 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 13:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށް ބަންދު ކުރެވިފައިވާ ސީޓީއުރައިގައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުޅުވުން އޮންނާނީ ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
