ދިވެހިރާއްޖެ
ސިމެންތި، ހިލަ، ހިލަވެލި، އަދި ދަގަނޑު ގަތުމާ ގުޅޭ
މި ކައުންސިލްގެ އިދާރާގެ ޕްރޮޖެޓްތަކުގައި ބޭނުންކުރާނެ ސިމެންތި، ހިލަ، ހިލަވެލި، އަދި ދަގަނޑު 1 އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުން އެދެމެވެ.
ބިޑް ރަޖިސްޓަރީ ކުރުމާއި ބީލަން ފޯމް ދޫކުރުން |
|
ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން |
ބިޑް ރަޖިސްޓަރީ ކުރުމަށް ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ. |
މަޢްލޫމާތު ސާފުކޮށް ދިނުން |
އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި |
ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް ތާރީޚް: 12 އޮކްޓޫބަރު 2025 އާދިއްތަ ދުވަހުގެ މެންދުރުކުރި 11:00 ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީއާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އުރައިގެ ބޭރުގައި ހުށައަޅާ ބިޑުގެ ނަމާއި އިޢްލާން ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. |
ޕޮއިންޓް ދެވޭނެ ދާއިރާ |
ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް |
ޕޮއިންޓްގެ އަދަދު |
||||
އަގު |
|
65 |
||||
މާލީ ޤާބިލުކަން (ފާއިތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް) |
|
5 |
||||
މުއްދަތު |
|
20 |
||||
ތަޖުރިބާ |
ގުޅުންހުރި ކޮންމެ ޕްރޮޖެކްޓަކަށް 2 ޕޮއިންޓް |
10 |
||||
ޖުމްލަ |
100 |
ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި (މިތަކެތި ހުށަ ނާޅައިފިނަމަ ބިޑް ބާޠިލު ވާނެއެވެ.)
- ބިޑް ހުށަހަޅާ ފޯމް
- ބިޑް ރަޖިސްޓަރީ ކުރުމަށް ފައިސާ ދެއްކި ރަސީދު
- ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ
- ބޭންކް ސްޓޭޓްމަންޓް ( ފާއިތުވެދިޔަ 6 މަސްދުވަހުގެ)
- އައި ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ
8 ރަބީޢުލްއާޚިރު 1447