މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެއަރކޯންގެ އައުޓްޑޯރ ޔުނިޓް ބަދަލުކުރަން ބޭނުންވެއްޖެ

އިޢުލާން

 

މި ބިއުރޯ ހިނގަމުންދާ އިމާރާތް "ދާރުލް އީމާން ބިލްޑިންގ"ގެ 7 ވަނަ ފަންގެފިލާގައި މިހާރު ބޭނުންކުރަމުންދާ ޑައިކިން VRV IV R410A  އޭސީގެ އައުޓްޑޯރ 2 ޔުނިޓް ހަލާކުވެފައިވާތީވެ، އައު 2 ޔުނިޓް ސަޕްލައިކޮށް މިހާރުހުރި އިންޑޯރ ޔުނިޓްތަކާއި ގުޅުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 އޮކްޓޯބަރު 7 ވަނަ ދުވަހު 14:00 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް ކަމުގައިވާ "ދާރުލް އީމާން ބިލްޑިންގ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2025 އޮކްޓޯބަރު 12 ވަނަ ދުވަހުގެ 14:00އަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ، 2025 އޮކްޓޯބަރު 6 ވަނަ ދުވަހު ކުރިން ތިރީގައި މިދަންނަވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކް. bids.stats.gov.mv

 

މި ބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ މިބިއުރޯގެ ފޯން ނަންބަރު 3008400 އަށް ގުޅުއްވުން އެދެމެވެ.

 

            8 ރަބީޢުލްއާޚިރު 1447

            30 ސެޕްޓެމްބަރު 2025

30 ސެޕްޓެންބަރު 2025
ހޯދާ