މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

އެޑްމިންކޯޑިނޭޓަރ

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ގުޅުން ހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާ ނުވަތަ މެނޭޖްމަންޓް ރޯލެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • ގުޅުން ހުރި ދާއިރާއަކުން ބެޗެލަރޒް ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާ ނުވަތަ މެނޭޖްމަންޓް ރޯލެއްގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ގުޅުން ހުރި ދާއިރާތައް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ފައިނޭންޝަލް މެނޭޖްމަންޓް
  • ޕަބްލިކް ފައިނޭންސް
  • އެކައުންޓިންގ އެންޑް އޮޑިޓިންގ
  • ހިއުމަން ރިސޯސް މެނޭޖްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ހެޑް ދެއްވާ އިރުޝާދުގެ ދަށުން އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓް ހިންގުމުގެ މަސައްކަތްކުރުން.
  • އަހަރީ ޕަރފޯމަންސްގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ނޭޝަނަލް ކޯޑިނޭޝަން ކޮމިޓީއާއި ފައިނޭންޝަލް ކްރައިމްސް ވޯކިން ގްރޫޕްގެ ސެކްރެޓޭރިއެޓްގެ ކަންކަން ބެލެހެއްޓުމަށް އެހީތެރިވުން.
  • ފައިނޭންސް، ބަޖެޓް އަދި ޕްރޮކިއުމަންޓްގެ ކަންކަން ބެލެހެއްޓުން.
  • އަހަރީ، ކުއަރޓަރލީ އަދި މަހުން މަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  • މުވައްޒަފުންގެ ތަރައްޤީއާއި ތަމްރީމް ޕްރޮގްރާމްތަކުގެ ލިޔެކިޔުން ބެލެހެއްޓުމުގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

24,000.00 – 33,700.00 ރުފިޔާ

މަޤާމް:

ލީގަލް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބިޒްނަސް ލޯ ނުވަތަ ލީގަލް ޖޫރިސްޕްރޫޑެންސް ނުވަތަ ލީގަލް ރިސަރޗްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު ޤާނޫނީ ދާއިރާ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ބިޒްނަސް ލޯ ނުވަތަ ލީގަލް ޖޫރިސްޕްރޫޑެންސް ނުވަތަ ލީގަލް ރިސަރޗްގެ ދާއިރާއިން ބެޗެލަރޒް  ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު ޤާނޫނީ ދާއިރާ 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ރަޖިސްޓަރވެފައިވާ ފަރާތަކަށްވުން.
  • ވަކާލާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އާ ގުޅުންހުރި ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތާއި ޤަވާއިދުތައް ޑްރާފްޓްކުރުމުގެ މަސައްކަތްކުރުން.
  • ޤާނޫނީ ކަންކަމާގުޅޭ ލަފާ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާއަށް އެރުވުން.
  • އެފްއައިޔޫއާ ގުޅުންހުރި ކޮންޓްރެކްޓް، އެމްއޯޔޫ އަދި ޤާނޫނީ ލިޔެކިޔުން ޑްރާފްޓްކުރުމުގެ މަސައްކަތްކުރުން.
  • ކޯޓުތަކާއި އާބިޓްރޭޝަންތަކުގައި އެފްއައިޔޫ ތަމްޞީލްކުރުމުގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

24,000.00 – 33,700.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޕްރޮކިޔުމަންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ މުއްދަތު:

  • ވަޒީފާގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. 1 އަހަރުވުމުން، ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ވަޒީފާގެ އެއްބަސްވުން އާކުރުމުގެ ނުވަތަ ވަޒީފާ ދާއިމީ ކުރުމުގެ އިޚްތިޔާރު މި އޮތޯރިޓީއަށް އޮންނާނެއެވެ.

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕަރޗޭސް ރިކުއިޒިޝަންތަކާއި ޕަރޗޭސް އޯޑަރުތައް އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް (އީއާރުޕީ) ސިސްޓަމް މެދުވެރިކޮށް ޕްރޮސެސްކުރުން.
  • ސަޕްލަޔަރުންގެ ކޯޓޭޝަންތައް ހޯދުމާއި އެފަރާތްތަކުގެ އިންވޮއިސްތައް ބަލައިގަނެ ޕްރޮސެސްކުރުމާއި ސަޕްލަޔަރ ކޮންޓްރެކްޓްތައް ތައްޔާރުކުރުން.
  • ބިޑް އިވެލުއޭޝަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ބިޑް ބައްދަލުވުންތަކުގައި ބައިވެރިވުން.
  • މެމޯތަކާއި ބައްދަލުވުންތަކުގެ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފައިލްކުރުންފަދަ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 - 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، މަތީގައި ބަޔާންކޮށްފައިވާ ފާހުގެ އިތުރަށް ތިރީގައި މިވާ ދައިރާތަކުން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

- ޖީސީއީ އޭލެވެލް އިމްތިޙާނުގެ އެކައުންޓިން މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން

- ޑޭޓާ ސައިންސް ނުވަތަ ޑޭޓާ އެނަލިޓިކްސް ދާއިރާއިން ސެޓްފިކޭޝަނެއް ހާސިލް ކޮށްފައިވުން

- އައިޓީ އޮޑިޓް ދާއިރާއިން ސެޓްފިކޭޝަނެއް (މިސާލަކަށް ސެޓްފައިޑް އިންފޮރމޭޝަން ސިސްޓަމްސް އޮޑިޓަރ) ހާސިލް ކޮށްފައިވުން

-  އައިޓީ އޮޑިޓް ނުވަތަ އައިޓީ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ.

  • މި ވަޒީފާއަށް ހޮވޭ ފަރާތަށް އެކައުންޓިން ދައިރާގެ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ވަޒީފާ އަދާކުރަންފަށާތާ 1 އަހަރު ދުވަސް ތެރޭގައި އޮތޯރިޓީންއިން ހަމަޖައްސައިދޭ އެކައުންޓިންގެ އަސާސީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އައިޓީ އޮޑިޓްތައް ކުރުމާއި އެމްއެމްއޭގެ އައިޓީއާ ގުޅުންހުރި މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އައިޓީ އޮޑިޓް އެންގޭޖްމެންޓްތައް ހެދުމުގައި އެހީތެރިވުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ޖީސީއީ އޭލެވެލް ގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން ނުވަތަ މަލްޓި މީޑިޔާ ނުވަތަ ގްރެފިކްސް ޑިޒައިންއާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ފެންވަރުގެ ފާހެއް ހާސިލްކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި މަލްޓިމީޑިއާ ނުވަތަ ގްރެފިކްސް ޑިޒައިންފަދަ އާރޓްސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ވިޝުއަލް ކޮންޓެންޓް ޑިވެލޮޕްކޮށް ޑިޒައިންކުރުން
  • އިވެންޓަތަކުގެ ވީޑިއޯ ތައްޔާރުކުރުމާއި ފޮޓޯ ނެގުން

މަލްޓިމީޑިއާ ކޮންޓެންޓާއި ނޫސްބަޔާންތައް ތައްޔާރުކުރުން އަދި މީޑިއާ ފައިލްސްތައް ޑޮކިއުމަންޓްކޮށް ރިކޯޑް ކުރުން.

މުސާރަޔާއި އިނާޔަތްތައް

11,750.00 – 13,250.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
  • ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރިޑެޓްކޮށްފައި ނުވާނަމަ، އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

07 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގިރޭސި ބަހުގެ ނަތީޖާއަށެވެ.

29 ސެޕްޓެންބަރު 2025
ހޯދާ