މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޑާމުގެ ދާއިރާއަށް ޙާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމާއިގުޅޭ

އިޢުލާން

ވަޑާމުގެ ދާއިރާއަށް ޙާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމާއިގުޅޭ:

         ޒަމާނުއްސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ފަރާތްތަކަކީ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ތެރެއިން ސެޓިފައިވެފައިވާ ފަރާތްތަކަކަށް ނުވާތީ، އެފަދަ މަސައްކަތްތައް ކުރާ ފަރާތް ތަކުގެ ތެރެއިން ސެޓިފައިވާން ބޭނުން ފަރާތް ތަކަށް އެފުރުސަތު ހޯދާ ދިނުމުގެ މަޤުޞަދުގައި މޯލްޑިވްސް ޕޮލިޓެކްނިކާއި މިކައުންސިލާއި ގުޅިގެން ޓްރެއިނިންގ ޕްރޮގްރާމެއް މިރަށުގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިރަށުގެ މަސައްކަތްތެރިންނަށް ޙާއްސަ ކުރެވިފައިވާ ދާއިރާއަކީ ބޯޓް ބިލްޑިންގ ( ވަޑާމުގެ) ދާއިރާއެވެ.

         މި ޕްރޮގްރާމަކީ އެމްކިޔުއޭގެ މިންގަނޑުތަކަށް ފެތޭގޮތަށް ހިންގޭ 2 ހަފްތާގެ ކުރު ތަމްރީން ޕްރޮގްރާމެކެވެ. އަދި ޓްރެއިނިންގ ފެށުމަށް ހަމަޖެހިފައިވަނީ 2025 ޑިސެމްބަރު މަސް ތެރޭގައެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިކައުންސިލްގެ ކައުންސިލް އޮފިސަރ ހުސައިން ޝަޒީން (7447950) އާއި ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ

         މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

         07 ރަބީޢުލްއާޚިރު 1447

         29 ސެޕްޓެމްބަރ 2025

29 ސެޕްޓެންބަރު 2025
ހޯދާ