ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާރްތަކުގެ ތެރެއިން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް

އިޢުލާން

ތާރީޚް:

29 ސެޕްޓެންބަރު 2025

ނަންބަރު:

(IUL)401-E/401/2025/55

07 ރަބީޢުލްއާޚިރާ 1447

އިޢުލާނުގެ ވަނަ:

1

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާރްތަކުގެ ތެރެއިން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް

 

 

މިއިދާރާގެ ނަންބަރު (IUL)401-C/401/2024/34 އިޢުލާނާއި ގުޅިގެން ބަންޑާރަގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް މިއިޢުލާނާއި އެކު އާންމުކުރީމެވެ.

ދާއިމީ ލިސްޓްގައި 85 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތިލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތު ނަގައިގެންނެވެ. ގުރުއަތުނެގުމަށް ބާއްވާ ބައްދަލުވުން 2025 އޮކްޓޯބަރ 05 ވާ އާދީއްތަ ދުވަހުގެ 21:00 ގައި މެދުއަވަށު އިޖުތިމާއީ މަރުކަޒުގައި އޮންނާނެއެވެ. ގުރުއަތުނެގުމުގެ ބައްދަލުވުމަށް 85 ޕޮއިންޓް ލިބިފައިވާ ހުރިހާ ބޭފުޅުން ވަޑައިގެން ދެއްވުން އެދެމެވެ. ލިސްޓްގައިވާ ފަރާތަށް ގުރުއަތުގައި ބައިވެރިވެވެން ނެތްނަމަ ބަދަލުގައި ބޭފުޅަކު ހަމަޖައްސަވާ 2025 އޮކްޓޯބަރ 05 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން އެކަން މިއިދާރާއަށް އެންގެވުން އެދެމެވެ. މެއިލް ކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ގުރުއަތުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ދިވެހި ރަށްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން : 6800082

އީމެއިލް:  [email protected]

 

 

 

 

 

29 ސެޕްޓެންބަރު 2025
ހޯދާ