ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 222 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 222 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 12 ޞަފަރު 1447 ، 06 އޯގަސްޓް 2025 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 30 ޖުލައި 2025 އިން 05 އޯގަސްޓް 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ކޮޅުމަޑުލު " އިންޓަރ ސްކޫލު ކުޅިވަރު މުބާރާތް 2025 " މިރަށުގައި ބޭއްވުމުގެ މައްސަލަ
- 2026 ވަނަ އަހަރު މާލޭގައި ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖްގައި ދިޔަމިގިލިން ޓީމެއް ބައިވެރި ކުރުމުގެ މައްސަލަ
- 4 ވަނަ ދައުރުގެ 2025/32/4/222/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 30 ޖުލައި 2025 އިން 05 އޯގަސްޓް 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ކޮޅުމަޑުލު " އިންޓަރ ސްކޫލު ކުޅިވަރު މުބާރާތް 2025 " މިރަށުގައި ބޭއްވުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އިތުރުކުރުމުގެ މަޤްޞަދުގައި ކޮޅުމަޑުލު " އިންޓަރ ސްކޫލު ކުޅިވަރު މުބާރާތް 2025 " މިރަށުގައި ބޭއްވުމާއި މެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- 2026 ވަނަ އަހަރު މާލޭގައި ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖްގައި ދިޔަމިގިލިން ޓީމެއް ބައިވެރި ކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު ރަށުގައި މޮޅު ކުޅުންތެރިން އުފެއްދުމާއި ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އިތުރުކުރުމުގެ މަޤްޞަދުގައި 2026 ވަނަ އަހަރު މާލޭގައި ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖްގައި ދިޔަމިގިލިން ޓީމެއް ބައިވެރި ކުރުމާމެދު އިޢްތުރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/32/4/222/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 222 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
# |
ނަން |
މަޤާމު |
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
3 |
|
|
ޖަލްސާގެ ހާޒިރީ |
|||
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
|
ޢުމްރާ ޗުއްޓީގައި |
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ކ |
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
|
ޗުއްޓީގައި |
28 ސެޕްޓެންބަރު 2025
ހޯދާ