ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނިޔަމިކަމުގެ ސެޓްފިކެޓް 2 (NC2)" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 ނަންބަރ: (IUL)242-AS/242/2025/23

               އިޢުލާން                                  

"ނިޔަމިކަމުގެ ސެޓްފިކެޓް 2 (NC2)" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން                       

މި އިދާރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެން  ހިންގޭ ނިޔަމި ކަމުގެ ސެޓްފިކެޓް 2 (NC2) ކޯސް ބޭއްވޭ ތާރީހަށް ބަދަލެއް އައުމާގުޅިގެން މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 25 ބޭފުޅަކަށޭވެ. އަދި ބައިވެރިންގެ ކޯސް ފީގެ ދެބައިކުޅަ އެއްބައި މި އިދާރާއިން ދައްކާގޮތައް ހަމަޖެހިފައިވާ ވާހަކަވެސް ދައްނަވަމެވެ.

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮކްޓޯބަރ 16 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާގެ އީމެއިލް [email protected]  އަށް ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި އިތުރު ލިޔެކިޔުންތައް މެއިލް ކޮށްދެއްވުން އެދެމެވެ. ކޯހަށް ވަނުމަށް އެދޭ ފޯމް މި އިއުލާނުގައި ހިމެނިފައިވާނެ ވާހަކަ ދެއްނެވީމެވެ. އިތުރު މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ 7474232 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.

ކޯހުގެ ތަފްސީލް:

  • ބޭއްވޭ ތާރީހް: 2025 އޮކްޓޯބަރ 23އިން 26އަށް (ތިނަދޫ ސިޓީގައި)
  • މުއްދަތު: 30 ގަޑިއިރު (ކޮންޓެކްޓް)
  • ޝަރުތު: ދިވެހިބަހުން ލިޔަންކިޔަން އެނގުން އަދި އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން އެނގުން.
  • ޖުމްލަ ފީ (ބައިވެރިއަކަށް): 1300 ރުފިޔާ. (ކޯސް ފީ: 1200 ރުފިޔާ. ކޮޕީ ޗާޓު: 100 ރުފިޔާ)
  • އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން: ކޯހަށް އެދި ހުށަހަޅާ ފޯމް، އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ، 18 އަހަރުން ދަށުގެ ފަރާތެއްނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

 މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ސެޕްޓެންބަރު 2025
ހޯދާ