ސީނިއަރ އޮޑިޓަރ
|
މަޤާމު
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް
|
މަސައްކަތް ކުރަންޖެހޭތަން
|
1
|
ބޭނުންވާ ޢަދަދު
|
ސްޕެޝަލް އޮޑިޓް
|
ޑިޕާޓްމަންޓް
|
-/16,225ރ.
|
އަސާސީ މުސާރަ
|
-/7,575ރ.
|
މަޤާމުގެ އެލަވަންސް
|
-/205ރ. (ހާޒިރުވާ ދުވަހަކަށް)
|
ހާޒިރީ ޢިނާޔަތް
|
- އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
އަސާސީ ޝަރުތު
|
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
އެހެނިހެން ޝަރުތު
|
- އޮޑިޓް ޓީމާ ހަވާލުކުރެވޭ އޮޑިޓްތަކުގެ މަސައްކަތްތައް ނިންމުމަށް އޮޑިޓް މެނޭޖަރގެ އިރުޝާދުގެ ދަށުން އޮޑިޓް ޓީމް އާއެކު އިސްކޮށް ޙަރަކާތްތެރިވުން.
- އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ސްޓޭންޑަރޑްތަކާ އެއްގޮތަށް އޮޑިޓް ޕްލޭން ތައްޔާކުރުމާއި އޮޑިޓް ޕްލޭންތަކާއި އޮޑިޓް ޕްރޮގްރާމްތަކާއި ޕްރޮސީޖަރތައް ތައްޔާރުކުރުން އަދި އޮޑިޓް ޓީމްގެ އެހެން މެންބަރުންނާ ހަވާލުކުރަންޖެހޭ މަސައްކަތްތައް އޮޑިޓް މެނޭޖަރގެ އިރުޝާދުގެ ދަށުން ކަނޑައެޅުމާއި އެ މަސައްކަތްތައް ރިވިއުކޮށް ފީޑްބެކްދީ ގެންނަންޖެހޭ ބަދަލު ގެނެސް އޮޑިޓް ޕްލޭން އޮޑިޓް މެނޭޖަރަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
- ޓީމު މެންބަރުންގެ މަސައްކަތް ސުޕަވައިޒްކޮށް، އޮޑިޓްގެ މަސައްކަތްތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ސްޓޭންޑަރޑްތަކާއި އޮޑިޓް ޕްލޭނާ އެއްގޮތަށް ކުރިއަށްގެންދިއުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކޮށް އޮޑިޓް ޓީމުގެ މަސައްކަތް ރިވިއުކުރުމާއި، އޮޑިޓް ޕްލޭނުގައި ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމުގެ މަސައްކަތް ކުރުން.
- އޮޑިޓް ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތިން އޮޑިޓްގެ ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމާއި އޮޑިޓް ފީލްޑް މަސައްކަތުގައި އޮޑިޓް ޓީމްގެ އެހެނިހެން މެންބަރުންނަށް ބޭނުންވާ ލިޔެކިއުންތަކާއި މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަޖެއްސުމަށް މަސައްކަތް ކުރުމާއި އެ މަސައްކަތް ކޯޑިނޭޓް ކުރުމާއި އޮޑިޓްގެ ފީލްޑް މަސައްކަތްތައް ކުރިއަށްގެންދަނީ އޮޑިޓް ޕްލޭންތަކާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރަން ކަނޑައަޅާފައިވާ ސްޓޭންޑަރޑްތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ކަށަވަރުކުރުމަށް ކުރަންޖެހޭ ޢަމަލީ މަސައްކަތް ކުރުން.
- އޮޑިޓްގެ މަސައްކަތް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައިވާ ކޮލިޓީ ކޮންޓްރޯލް ސްޓޭންޑަރޑްތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމާއި އޮޑިޓް ޓީމަށް ދުވަހުން ދުވަހަށް ބޭނުންވާ ގައިޑެންސް ދިނުމާއި ވަރކިންގ ޕޭޕަރތަކާއި އެވިޑެންސްތަކާއި އޮޑިޓް އޮބްޒަވޭޝަންތައް ރިވިއުކޮށް ފީޑްބެކްދިނުމުގެ މަސައްކަތް ކުރުން.
- އޮޑިޓް މަސައްކަތުގެ ތެރެއިން، ކޮރަޕްޝަނާއި ޚިޔާނާތް ނުވަތަ ދައުލަތުގެ މުދަލާއި ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ޢަމަލެއްކަމަށް ބެލެވޭ ކަމެއް ފާހަގަކުރެވިއްޖެ ހާލަތެއްގައި، އޮޑިޓް މެނޭޖަރގެ އިރުޝާދުގެ ދަށުން ތަޙުޤީޤީ އިދާރާތަކަށް ހުށަހެޅުމަށް ބޭނުންވާނެ ހެއްކާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރުން.
- އޮޑިޓް އޮބްޒަވޭޝަންތަކާގުޅޭ މަސައްކަތު ކަރުދާސްތައް ތައްޔާރުކުރެވިފައިވޭތޯ ބަލައި، އެ ކަންކަމާ ގުޅޭ އެކަށީގެންވާ ހެއްކާއި ލިޔެކިޔުންތައް އޮޑިޓަށް ބޭނުންފުދޭ މިންވަރަށް ހޯދިފައިވޭތޯ ކަށަވަރުކުރުމުގެ އިތުރުން، އޮޑިޓް ފައިލްގައި އެ ލިޔެކިޔުންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރަން ކަނޑައަޅާފައިވާ ސްޓޭންޑަރޑްތަކާ އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓިފައިވޭތޯ ބެލުން.
- އޮޑިޓް ޕްލޭނާއި އޮޑިޓްގެ މަޤްޞަދު ހާސިލުކުރެވޭ ފެންވަރަށް ޑްރާފްޓް އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމާއި ޑްރާފްޓް ރިޕޯޓު ތައްޔާރުކޮށް އޮޑިޓް މެނޭޖަރުގެ ރިވިއުއަށް ހުށަހެޅުން.
|
މައިގަނޑު މަސްއޫލިއްޔަތުތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
- ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެހެނިހެން
|
08 އޮކްޓޫބަރު 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348273،3348200 ނަންބަރު ފޯނަށެވެ.
|
އިތުރު މަޢުލޫމާތު
|