އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮޑިޓް މެނޭޖަރ - ސްޕެޝަލް އޮޑިޓް

އޮޑިޓް މެނޭޖަރ  

މަޤާމު

އޮޑިޓަރ ޖެނެރަލްގެ އޮފީސް  

މަސައްކަތް ކުރަންޖެހޭތަން  

1

ބޭނުންވާ ޢަދަދު

ސްޕެޝަލް އޮޑިޓް

ޑިޕާޓްމަންޓް

-/17,260ރ.

އަސާސީ މުސާރަ

-/9,885ރ.

މަޤާމުގެ އެލަވަންސް

-/270ރ. (ހާޒިރުވާ ދުވަހަކަށް)

ހާޒިރީ ޢިނާޔަތް

  1. އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށް ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 9 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން.

އަސާސީ ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

އެހެނިހެން ޝަރުތު

  1. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސްޓްރެޓެޖިކް އޮބްޖެކްޓިވްސްތަކާއި އެނުއަލް އޮޑިޓް ޕްލޭން އާއި އޮޑިޓްކުރުމަށް ކަނޑައަޅާފައިވާ ސްޓޭންޑަރޑްތަކާ އެއްގޮތަށް އޮޑިޓް ޕްލޭންތަކާއި އޮޑިޓް ޕްރޮގްރާމްތައް/ޕްރޮސީޖަރތައް ތައްޔާރުކުރުމުގައި އޮޑިޓް ޓީމްތަކަށް އިރުޝާދު ދިނުމާއި އޮޑިޓް ޕްލޭންތައް ރިވިއުކޮށް އިޞްލާޙުކުރުމަށްފަހު އެޕްރޫވްކުރުމަށް ހުށަހެޅުން.
  2. އޮޑިޓް ޕްލޭންތަކާ އެއްގޮތަށް އޮޑިޓްގެ މަސައްކަތް ނިންމުމަށް ބޭނުންވާ އިންތިޒާމެއްގެ ދަށުން އޮޑިޓް ޓީމްތަކާ މަސައްކަތް ހަވާލުކުރުމާއި އޮޑިޓް މަސައްކަތަށް ބޭނުންވާ ލިޔެކިއުންތަކާއި މަޢުލޫމާތު ހޯދޭނެ އިންތިޒާމް ހަމަޖައްސައި އެ މަސައްކަތް ކޯޑިނޭޓް ކުރުމާއި އޮޑިޓްގެ މަސައްކަތްތައް ކުރިއަށްގެންދަނީ އޮޑިޓް ޕްލޭންތަކާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރަން ކަނޑައަޅާފައިވާ ސްޓޭންޑަރޑްތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ކަށަވަރުކުރުމަށް ކުރަންޖެހޭ ޢަމަލީ މަސައްކަތް ކުރުން.
  3. އޮޑިޓްގެ މަސައްކަތް ކުރަމުންގެންދަނީ ކޮލިޓީ ކޮންޓްރޯލް ސްޓޭންޑަރޑްތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުމަށްޓަކައި ވަރކިންގ ޕޭޕަރތަކާއި އެވިޑެންސްތަކާއި އޮޑިޓް އޮބްޒަވޭޝަންތައް ރިވިއުކޮށް އޮޑިޓް ޓީމަށް ފީޑްބެކް ދިނުމާއި އޮޑިޓް މަސައްކަތުގެ ތެރެއިން، ކޮރަޕްޝަނާއި ޚިޔާނާތް ނުވަތަ ދައުލަތުގެ މުދަލާއި ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ޢަމަލެއްކަމަށް ބެލެވޭ ކަމެއް ފާހަގަކުރެވޭ ހާލަތުގައި އެ ކަންކަން ސްޕަވައިޒަރ އާ ހިއްސާކޮށް ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން، ތަޙުޤީޤީ އިދާރާތަކަށް ހުށަހެޅުމަށް ބޭނުންވާނެ ހެއްކާއި ލިޔެކިޔުންތައް ހޯދާނެ ގޮތުގެ އިރުޝާދު އޮޑިޓް ޓީމަށް ދިނުމާއި އެކަށީގެންވާ މިންވަރަށް ހެކި ހޯދިފައިވާކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރުން.
  4. އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގައި އޮޑިޓް ޓީމަށް ޢަމަލީ ގޮތުން އެހީތެރިކަން ދިނުމާއި އޮޑިޓްގެ ޑްރާފްޓް ރިޕޯޓު ފައިނަލްކޮށް ރިވިއުކުރުމަށް ހުށަހެޅުމާއި ސްޕަވައިޒަރގެ ލަފާގެ މަތިން ޑްރާފްޓް ރިޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އޮޑިޓް ރިޕޯޓުތައް ކަނޑައެޅިފައިވާ ވޯރކް ޝެޑިއުލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމުމުގެ މަސައްކަތް ކުރުން.
  5. އޮޑިޓް ރިޕޯޓްތަކާ ގުޅިގެން އިޞްލާޙުކުރަން ލަފާދީފައިވާ ކަންކަން އޮޑިޓް ފޮލޯ-އަޕް މެކޭނިޒަމްގެ ތެރެއިން މޮނިޓަރކޮށް ރިޕޯޓުކުރުމުގެ މަސައްކަތް ކުރުން.
  6. ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތަކުގެ ތެރެއިން ޚާއްޞަ އޮޑިޓް ކުރިއަންގެންދަންޖެހޭ ދާއިރާތައް ދެނެގަތުމަށް ކުރިއަށް ގެންދަންޖެހޭ އެސެސްމެންޓް ހެދުމުގައި ޢަމަލީ ގޮތުން ބައިވެރިވެ އޮޑިޓް ޑިޕާޓްމަންޓްގެ އެނުއަލް ވޯރކް ޕްލޭން ހެދުމުގެ ބައިވެރިވެ މަސައްކަތްކުރުން.
  7. އޮޑިޓްގެ މަސައްކަތްތައް ހަރުދަނާކޮށް، ސްޓޭންޑަރޑައިޒް ކުރުމުގެ ގޮތުން ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ގައިޑްލައިންތަކާއި އޮޑިޓް ޕްރޮގްރާމްތަކަށް/ޕްރޮސީޖަރތައް ތަރައްޤީކުރުމާއި ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން.
  8.  ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން އޮޑިޓް ޓީމަށް ބޭނުންވާ ހުނަރާއި ތަމްރީންތައް ދެނެގަތުމާއި މުވައްޒަފުންނަށް ހުނަރާއި ތަމްރީންތައް ދިނުމަށް ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަސައްކަތް ކުރުން.
  9. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން އޮޑިޓް މެނޭޖަރގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ޕަރފޯރމަންސް މޮނިޓަރކޮށް ޕަރފޯމެންސް ވަޒަންކުރުމުގެ މަސައްކަތް ކުރުން.
  10. އޮޑިޓް ރިޕޯޓުތަކާ ގުޅިގެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރސް އަށް ފޮނުވަންޖެހޭ ލިޔެކިއުންތަކާއި މަޢުލޫމާތު ދިނުމުގެ މަސައްކަތް ކުރުމާއި އެކްސްޓަރނަލް ސްޓޭކްހޯލްޑަރސް އާ ގުޅިގެން ކުރިއަށް ގެންދިއުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ޕްރޮގްރާމްތަކުގައި ބައިވެރިވެ ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.

މައިގަނޑު މަސްއޫލިއްޔަތުތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

  1. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
  2. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  3. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެހެނިހެން

08 އޮކްޓޫބަރު 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348273،3348200  ނަންބަރު  ފޯނަށެވެ. 

އިތުރު މަޢުލޫމާތު

28 ސެޕްޓެންބަރު 2025
ހޯދާ