މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި އުޅަނދުފަހަރު އަޅާފައިބޭއްވުމާއި ގުޅޭ

 ބަނދަރުގައި ބައެއް އުޅަނދުފަހަރު ތޮށި ދިގަށް އަޅާފައިވުމުގެ ސަބަބުން ބަނދަރުގެ ޖާގަގެއްލި ބަނދަރުގެ ބޭނުން އެންމެ ރަނގަޅަށް ހިފެމުން ނުދާކަން ފާހަގަކުރެވެއެވެ. ބަނދަރުގެ ތޮށި ދިގަށް އުޅަނދުފަހަރު އަޅާފައި ބޭއްވުމަކީ ޤަވާޢިދާ ޚިލާފުކަމެކެވެ.

ވީމާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ތޮށިދިގަށް އަޅާފައިވާ އުޅަނދުފަހަރު ތޮށިހުރަހަށް ބަދަލުކުރުން އެދެމެވެ. މިއިޢުލާނާއެކު އުޅަނދުފަހަރު އަޅަން ޚާއްސަކުރެވިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ކުރެހުން އަދި އުޅަނދުފަހަރު ބާއްވަންޖެހޭނެ ގޮތުގެ ނަމޫނާ ކުރެހުން އެއްހީރާސްކުރެވިފައިވާނެއެވެ. އަދި އުޅަނދުފަހަރު އެޅުމަށް ބޯސާޖަހާއިރު ދެއުޅަނދު ދޭތެރޭ ވީހާވެސް ޖާގަ ނުގެއްލޭގޮތަށް ތަރުތީބުން އުޅަނދުފަހަރު އެޅުމުގެ އިންތިޒާމު ކުރިއަށް ގެންގޮސްދެއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި އިޞްލާޙްނުކުރާ އުޅަނދުފަހަރުގެ އޮޑިވެރިން މިއިދާރާއަށް ހާޟިރުކޮށް ފިޔަވަޅުއަޅާނެ ވާހަކަ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

                   ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

28 ސެޕްޓެންބަރު 2025
ހޯދާ