ދިވެހިރާއްޖެ
ހއ. ހޯރަފުށީ ކައުންސިލަށް ބޭނުންވާ ޑަސްބިން ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޢިޢުލާނާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| ރަޖިސްޓަރީވުމުގެ ސުންގަޑި | 01 އޮކްޓޯބަރ 2025 | ބުދަ | 11:00 (ހެނދުނު) | 
| ބީލަން ހުށަހެޅުން | 08 އޮކްޓޯބަރ 2025 | ބުދަ | 11:00 (ހެނދުނު) | 
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:
ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
https://forms.gle/qASuVoNzySMrs9YeA
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
05 ރަބީޢުލްއާޚިރް 1447
 
                    