ދިވެހިރާއްޖެ
މިކައުންސިލުން އިސްނަގައިގެން ގއ، ގދ، ސ އަދި ޏ އަތޮޅަށް ހުޅުވާލައިގެން ބާއްވާ "ރާވެރިޔާ ވޮލީ މުބާރާތް 2025" ގައި ބައިވެރިވުމަށް އަދިވެސް ޓީމްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާތީވެ، މުބާރާތުގައި ޓީމް ރަޖިސްޓްރީކުރުން 29 ސެޕްޓެމްބަރ 2025 ވަނަ ދުވަހަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ އެންމެހާ ރަށްތަކުގެ މައޫލޫމާތައްޓަކައި ދަންނަވަމެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމްތަކުން 29 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގެ ހިންޤާ ޤަވާއިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ފަހުން ދެން އެއްވެސް ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ދެވެން ނެތް ވާހަކަވެސް އެންމެހާ ރަށްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ ކައުންސިލްގެ މެމްބަރ ޒިޔާދު މުޙައްމަދު (ފޯން: 9114482) އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
05 ރަބީޢުލްއާޚިރު 1447