ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ގެ އިންތިޚާބާއި ގުޅިގެން ރެކޯޑު ސާފުކުުރުން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު 25 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 އޮކްޓޫބަރު 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލުމާއި ގުޅިގެން، އިންތިޚާބަށް ކުރިމަތިލުމަށް އެދި ރެކޯޑު ސާފުކުރަން ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށްޓަކައި ކޯޓުތަކާއި ގުޅިގެން މި ޑިޕާޓްމަންޓުން މިގެންދަނީ މަސައްކަތް ކުރަމުންނެވެ.

ރެކޯޑު ސާފުކުރެވެނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސް އަކުން ކަމުގައި ވިނަމަވެސް މުޅި ރާއްޖޭގެ ހުރިހާ ކޯޓުތަކުގައި ހުރި ކުށުގެ ރެކޯޑުތައް، ރެކޯޑް ޕޯޓަލްއަށް އަޅައި އަދާހަމަކުރެވިފައިނުވާތީ، ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމުގައި ވާތީ ރެކޯޑުސާފުކުރުމަށް ހުށަހަޅާފަރާތްތަކުން ވަގުތު އޮއްވައި ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ގެ އިންތިޚާބާއި ގުޅިގެން ރެކޯޑު ސާފުކުރުމަށްޓަކައި 02 އޮކްޓޫބަރު 2025 ގެ 13:00 ގެ ފަހުން ހުށަހަޅުއްވާ ފަރާތްތަކުގެ ރެކޯޑު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަށް ނުނިމުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ.

ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅުއްވާނީ މި ޑިޕާޓްމަންޓުގެ ރެކޯޑު ޕޯޓަލް records.judiciary.gov.mv އިން ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

26 ސެޕްޓެންބަރު 2025
ހޯދާ