| މަޤާމް :  | އޮފީސް އެޓެންޑެންޓް | ބޭނުންވާ އަދަދު:   | 1 ( އެކެއް )  | 
| މުސާރައާއި އެލަވަންސް:  | 
މުސާރަ: މަހަކު -/5,100ރުފިޔާ ( ފަސްހާސް އެއްސަތޭކަ ރުފިޔާ) ސަރވިސް އެލަވަންސް: މަހަކު -/ 2,900ރުފިޔާ (ދެހާސް ނުވަސަތޭކަ ރުފިޔާ) ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  | 
| އޮފީސް :  | މޯލްޑިވްސް ޕޯސްޓް ލިމިޓެޑް  | ޔުނިޓް : އެޑްމިނިސްޓްރޭޝަން ސެކްޝަން | 
| ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:  | 
އަސާސީ ފެންވަރަށް ތަކެތި ދަތުން | 
| މަޤާމުގެ މައިގަނޑު  މަސްޢޫލިއްޔަތު  | 
އޮފީހުގެ އެކިއެކި ޖަލްސާތަކަށާއި ހާއްޞަ ހަލްފާތަކަށް ސައި ތައްޔާރުކުރުމާއި، ސައިކޮޓަރީގެ އެންމެހާ ކަންތައްތަކެއް ކުރުމާއި، އޮފީހުގެ އެންމެހާ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، އެހެނިހެން އިދާރީ ކަންތައްތަކުގައި އެހީތެރިވެދިނުން. | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ 
މަސައްކަތުގެ މާހައުލުގައި  ރަނގަޅަށް މުޢާމަލާތް ކުރަންޖެހޭފަރާތްތަކާއި ރަނގަޅަށް މުއާމަލާތް ކުރަން އެނގޭ މީހަކުކަމުގައިވުންޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުންއިތުރު ގަޑީގައި މަސައްކަތްކުރަން ޖެހޭ ޙާލަތްތަކުގައިވެސް މަސައްކަތަށް ވަގުތުދެވޭ  ފަރާތަކަށްވުންވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުންކުރެވޭ އިންޓަރވިއު އިން ފާސްވުން.  
ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ސިއްހަތެއްގެ ހުރި މީހެއްކަމުގައިވުން | 
| ރަސްމީ މަސައްކަތު ގަޑި:   | 
ހެނދުނު 08:00 އިން 16:00 އަށް. ( ހޮނިހިރު – ބުރާސްފަތި ) | 
| ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް  | 
ވަޒީފާއަށްއެދޭ ފޯމް ވަނަވަރު (ސީވީ) އައިޑީ ކާޑުގެ ކޮޕީ ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)   ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)    ** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. | 
| ސުންގަޑި:   | މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.  **ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. | 
| އިންޓަވިއު:   | އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.  | 
| ވަޒީފާއަށް އެދޭނެ ގޮތް:  |   ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.  https://www.maldivespost.com/media/downloads/job-application-form  | 
| އިތުރު މަޢުލޫމާތު:   | 
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894  ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |