ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނާރސް މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

މަޤާމު

ރެޖިސްޓާރޑް ނާރސް

މަޤާމުގެ ނަންބަރު

J-403464

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

ޕަބްލިކް ސާވިސް ރޭންކް

ރެޖިސްޓާރޑް ނާރސް (ޕަބްލިކް ސާވިސް ރޭންކް 5 – ސްޓެޕް 1)، ރެޖިސްޓާރޑް ނާރސް (ޕަބްލިކް ސާވިސް ރޭންކް 7 – ސްޓެޕް 1)

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ. ދަރަނބޫދޫ ސިއްޙީމަރުކަޒު

މަޤާމުގެ އަސާސީ މުސާރައާއި އެލަވަންސްތައް

 

މަޤާމު

ރޭންކް

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އެލަވަންސް (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ރެޖިސްޓާރޑް ނާރސް

ޕަބްލިކް ސާވިސް ރޭންކް 5 – ސްޓެޕް 1

11،428.00 ރުފިޔާ

5،333.00 ރުފިޔާ

144.00 ރުފިޔާ

ރެޖިސްޓާރޑް ނާރސް

ޕަބްލިކް ސާވިސް ރޭންކް 7 – ސްޓެޕް 1

13،057.00 ރުފިޔާ

6،094.00 ރުފިޔާ

165.00 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

ރެޖިސްޓާރޑް ނާރސް، (ޕަބްލިކް ސާވިސް ރޭންކް 5 – ސްޓެޕް 1)

  1.  ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބޭނުންވާ ނާރސިންގ ކެއަރ ރާވައި، ޚިދުމަތްދީ އިވެލުއޭޓް ކުރުން.
  2.  ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާޢީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާރސިންގ ކެއަރ ޕްލޭން އެހެން ސިއްޙީ ޕްރޮފެޝަނަލުންނާއެކު ވިލަރެސް ކޮށްގެން ރާވާ، އެ ޕްލޭންއާއި އެއްގޮތަށް ފަރުވާދިނުން.
  3.  ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނާރސިންގ ކެއަރ ޑަކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދީ، ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓްކުރުން.
  4.  ފަރުވާދޭ މާޙައުލުގައި އަދި މުޖުތަމަޢުގައި ހިންގާ ނަރުހުންނަށް އުނގަންނައި ދިނުމުގެ ޙަރަކާތްތަކާއި ސިއްޙީ ހޭލުންތެރިކަމާއި ސިއްޙަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގަޔާއި ހިންގުމުގައި ބައިވެރިވުން.
  5.  ބަލިމީހާއާއި ބަލިމީހާގެ އާއިލާތަކުން ބަލިން ރައްކާތެރިވުމާއި ފަރުވާ ކުރުމާއި ކެއަރ އާއި ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުން ފިލުވައިދިނުން.
  6.  އެހެން ނަރުހުންނާއި ބަލިމީހާއަށް ޕާސަނަލް ކެއަރދޭ އެހެން ސިއްޙީ ޚިދުމަތްތެރިން ސުޕަވައިޒްކޮށް ވިލަރެސް ކުރުން.
  7.  ނާރސް މިޑްވައިފުންގެ ތަމްރީން ވެފައިވާނަމަ، އެމަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8.  ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑަކްޓަރީ ބޭހާއި އެއްގޮތަށް ފަރުވާދީ، އެފަރުވާއަށް ބަލިމީހާގެ ޙާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި، އޭނާއަށް ބޭނުންވާ ޚާއްސަ އެހީތެރިކަމަށް އެހެން ސިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ޙާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.
  9.  ބަލިމީހާގެ ސިއްޙީ މަޢުލޫމާތާއި، ދެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ، އަދާހަމަ ކުރުން.
  10. ނާރސިންގ ކެއަރގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި ގުޅޭ ރެކޯޑްތައް ބަލަހައްޓާ ޤައުމީ ސިއްޙީ ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

 

ރެޖިސްޓާރޑް ނާރސް، (ޕަބްލިކް ސާވިސް ރޭންކް 7 – ސެޓެޕް 1)

1. ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބޭނުންވާ ނާރސިންގ ކެއަރ ރާވައި ޚިދުމަތްދީ އިވެލުއޭޓް ކުރުން.

2. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާޢީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާރސިންގ ކެއަރ ޕްލޭން އެހެން ސިއްޙީ ޕްރޮފެޝަނަލުންނާއެކު ވިލަރެސް ކޮށްގެން ރާވައި، އެޕްލޭނާއި އެއްގޮތަށް ފަރުވާ ދިނުން.

3. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނާރސިންގ ކެއަރ ޑްކަޓަރުންގެ އިރުޝާދާއި އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދީ، ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.

4. ފަރުވާދޭ މާހައުލުގައި އަދި މުޖުތަމައުގައި ހިންގާ ނަރުހުންނަށް އުނގަންނައި ދިނުމުގެ ހަރަކާތްތަކާއި ސިއްޙީ ހޭލުންތެރިކަމާއި، ސިއްޙަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގަޔާއި ހިންގުމުގައި ބައިވެރިވުން.

5. ބަލިމީހާއާއި ބަލިމީހާގެ އާއިލާތަކުން ބަލިން ރައްކާތެރިވުމާއި، ފަރުވާ ކުރުމާއި ކެއަރ އާއި ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުން ފިލުވައިދިނުން.

6. އެހެން ނަރުހުންނާއި ބަލިމީހާއަށް ޕާސަނަލް ކެއަރދޭ އެހެން ސިއްޙީ ޚިދުމަތްތެރިނަ ސުޕަވައިޒްކޮށް ވިލަރެސްކުރުން.

7. ނާރސް މިޑްވައިފުންގެ ތަމްރީން ވެފައިވާނަމަ، އެމަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8. ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑަކްޓަރީ ބޭހާއި އެއްގޮތަށް ފަރުވާދީ، އެފަރުވާއަށް ބަލިމީހާގެ ޙާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި، އޭނާއަށް ބޭނުންވާ ޚާއްސަ އެހީތެރިކަމަށް އެހެން ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ޙާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.

9. ބަލިމީހާގެ ސިއްޙީމަޢުލޫމާތާއި، ދެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ، އަދާހަމަކުރުން.

  1. ނާރސިންގ ކެއަރގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއިގުޅޭ ރެކޯޑްތައް ބަލަހައްޓާ ޤައުމީ ސިއްޙީ ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުތުތައް

ރެޖިސްޓާރޑް ނާރސް، (ޕަބްލިކް ސާވިސް ރޭންކް 5 – ސްޓެޕް 1)

 

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ގަބޫލުކުރާ، ނާރސިންގ ދާއިރާއަކުން ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލް ކޮށްފައިވުން.

 

ރެޖިސްޓާރޑް ނާރސް، (ޕަބްލިކް ސާވިސް ރޭންކް 7 – ސްޓެޕް 1)

 

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ގަބޫލުކުރާ، ނާރސިންގ ދާއިރާއަކުން ޤައުމީ ސަނަދު ތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާތައް

 

ANESTHETIC CARE

އެނެސްތެޓިކް ކެއަރ

CRITICAL CARE

ކްރިޓިކަލް ކެއަރ

NURSING

ނާރސިންގ

NURSING AND MIDWIFERY

ނާރސިންގ އެންޑް މިޑްވައިފަރީ

PEDIATRICS

 

ޕީޑިއާޓްރިކްސް

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ގުޅޭ ވަޒީފާގެ ދާއިރާތައް

 

NURSING

ނާރސިންގ

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންޓަރުން، މި ސިއްޙީމަރުކަޒުގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެން https://www.csc.gov.mv/Policy/Index/51  ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

1. ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން

2. މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިސް ސާވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލްސާވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށް ދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަސް އަދި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާ ކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާ ކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.)

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ރެޖިސްޓާރޑް ނާރސް، (ޕަބްލިކް ސާވިސް ރޭންކް 5 – ސްޓެޕް 1)

  • އަސާސީ ޝަރުތު ހަމަވުމުން ދެވޭ ޕޮއިންޓް - % 35.00
  • ޝަރުތު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް – (ގިނަވެގެން 15.00 ޕޮއިންޓް) % 15.00
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - % 50.00

 

ރެޖިސްޓާރޑް ނާރސް، (ޕަބްލިކް ސާވިސް ރޭންކް 7 – ސްޓެޕް 1)

  • އަސާސީ ޝަރުތު ހަމަވުމުން ދެވޭ ޕޮއިންޓް - % 35.00
  • ޝަރުތު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް – (ގިނަވެގެން 15.00 ޕޮއިންޓް) % 15.00
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - % 50.00

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޮކްޓޯބަރު 5 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފ. ދަރަނބޫދޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓު: މެއިލް ކުރައްވާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ލިޔުންތަކެއް އެއް ފައިލަކަށް ޕީޑީއެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަމްބަރު ޖެހުމަށް ދަންނަވަމެވެ.

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 13 އޮކްޓޯބަރު 2025 އާއި 18 އޮކްޓޯބަރު 2025 އާއި ދެމެދު، ފ. ދަރަނބޫދޫ ސިއްޙީމަރުކަޒުގައެވެ.

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، (އަސާސީ ޝަރުތު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު) ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާއާއި އިދާރާގެ ސޯސިއަލް ޕްލެޓްފޯމްތަކުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ، A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި މަރުކަޒުގެ ނަމްބަރު 6740688 އަށެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ. "ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި، އައްޔަނުކުރުމުގެ އުޞޫލު 2023 (އިސްލާޙު 1)" އަދި އެ އުޞޫލާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.

25 ސެޕްޓެންބަރު 2025
ހޯދާ