މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 މުބާރާތަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު

އިޢުލާނު

 

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 މުބާރާތަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު

 

2026 ޖެނުއަރީމަހު މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އޭދަފުށިން ޓީމެއް ބައިވެރި ކުރުމަށްވަނީ ހަމަޖެހިފައެވެ. މިކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭދަފުށީގެ ކްލަބް ޖަމްއިއްޔާއަކާއި ހަވާލުކޮށްގެންނެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ކްލަބް/ ޖަމްއިއްޔާތަކަށް މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ހުށައަޅުއްވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަގަޅު ޕްރޮޕޯސަލްއެއް ހުށައަޅުއްވާ ފަރާތަކަށް މަސައްކަތް ހަވާލު ކުރުމަށްވަނީ ނިންމާފައެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 2025 އޮކްޓޯބަރ 08 ވާ ބުދަ ދުވަހެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7740374 ނަންބަރާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާއްމުކޮށް އަންގާ އިއުލާނު ކުރީމެވެ.

                03 ރަބީއުލްއާޚިރު    1447ހ

                 25 ސެޕްޓެމްބަރ     2025މ

25 ސެޕްޓެންބަރު 2025
ހޯދާ