ދިވެހިރާއްޖެ
މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ސުކޫލުގެ އިމާރާތްތަކުގައި ، އަމިއްލަ ތަކެތީގައި ކުލަލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ. ކޯޓޭޝަން ހުށަހަޅާއިރު މަސައްކަތް ނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ. ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ވީމާ،މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 އިން 14:00 އާއި ދެމެދު މިސުކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
އަމިއްލަތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2025 ވާ (އަންގާރަ) ދުވަހުގެ 14:00ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.