ދިވެހިރާއްޖެ
މި ކައުންސިލްގެ ނަންބަރު (OTHER)423-Prs/423/2025/13 (14 އޮގަސްޓު 2025) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައި ނުވާތީ، އެތަކެތި ނީލަން ކިއުމަށް އަލުން ހުޅުވާ ލަމެވެ. މި ނީލަން އޮންނީ 30 ސެޕްޓެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގައެވެ.
މިނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި އައިޑީކާޑާއެކު ފަރެސްމާތޮޑާ ކައުންސިލް އިދާރާ އަށް ޙާޟިރުވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 01 އޮކްޓޯބަރު 2025 ވާ ބުދަ ދުވަހުގެ 20:00 ކުރިން ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ކައުންޓަރަށް ފައިސާ ދަށްކަވައި 5 އޮކްޓޯބަރު 2025 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ އަދި ނުވިކި ހުންނަ ތަކެތި ހަމަޖެހިފައިވާ އުޞޫލުގެ މަތިން ނައްތާލެވޭނެއެވެ.
ނީލަމާ ގުޅޭ މުހިންމު މަޢުލޫމާތު:
- ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރަންވާނެއެވެ.
- ވަގުތުން އަގު އަދާ ނުކުރެވޭ ނީލަންތައް ބާޠިލުކޮށް، އަލުން ނީލަން ކިޔޭނެއެވެ.
- ނީލަމުން ނަންގަވާ ތަކެތި 5 އޮކްޓޯބަރު 2025 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ގެންދަވަންވާނެއެވެ.
- ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި، މި އިދާރާއިން އަލުން އިޢުލާންކޮށް ނީލަން ކިޔުމުގެ ނުވަތަ ކުނީގެ ގޮތުގައި ނައްތާލުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
ނީލަން ކިޔާ ތަކެތި
ޢަދަދު |
ތަފްޞީލް |
ނީލަންފެށޭ އަގު (ރ) |
ފަހަރަކު އިތުރުކުރެވޭނެ އެންމެ ދަށް އަގު (ރ) |
8 |
އެއަރކޯން 12000 |
950.00 |
100.00 |
6 |
ޔޫޕީއެސް |
650.00 |
100.00 |
1 |
މިކްސިން އެމްޕިފަޔަރAMP |
450.00 |
100.00 |
7 |
ކޮމްޕިއުޓާރ ސިސްޓަމް |
950.00 |
100.00 |
2 |
ދިޔަދޮވި |
250.00 |
50.00 |
1 |
މިކްސިން އެމްޕިފަޔަރ |
450.00 |
100.00 |
3 |
ސްކޭނަރ |
450.00 |
100.00 |
7 |
ޕްރިންޓަރ |
450.00 |
100.00
|
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.