މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގޭ ދަރަވަންދޫ ކާބޯތަކެތީގެ މައުރަޒު 2025ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދަރަވަންދުއަށް ޒިޔާރަތް ކުރުމުގެ އަހަރު 2025 ގައި، ރައްޔިތުން އުފައްދާ ރަހަމީރު ކާބޯތަކެތީގެ މީރުކަން އަންގައިދީ، ހާމަކޮށްދީ، ތަޢާރަފު ކޮށްދީގެން، އަދި ކާބޯތަކެތި މާކެޓްކޮށްގެން ރައްޔިތުންނަށް ލާބައާއި މަންފާއާއި ނަފާ ލިބޭނޭ ވިޔަފާރި މާޙައުލެއް އުފައްދައިދިނުމުގެ މަގުޞަދުގައި ދަރަވަންދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "މަގޭ ދަރަވަންދޫ ކާބޯތަކެތީގެ މައުރަޒު 2025"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މައުރަޒު އޮންނާނީ 2025 އޮކްޓޯބަރ 17 ވާ ހުކުރު ދުވަހު މަގޭ ބަގީޗާގައެވެ.

މި މައުރަޒުގައި 2 ކެޓަގަރީއަކުން 1ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު އެންމެ ގިނަ އައިޓަމް ބައިވެރިކުރާ ފަރާތެއްވެސް ހޮވިގެންދާނެއެވެ. 1 ވަނައަށް -/6000، 2 ވަނައަށް -/4000 އަދި 3 ވަނައަށް -/2000 ހުށަހެޅިފައިވާއިރު އެންމެ ގިނަ އައިޓަމް ބައިވެރިކުރާ ފަރާތަކަށް -/5000 ރުފިޔާގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ. މީގެ އިތުރުން މި މައުރަޒުގައި ބައިވެރިކޮށް ވިއްކާތަކެތީގެ ފައިސާ ލިބޭނީ އެތަކެތި މައުރަޒުގައި ބައިވެރި ކުރި ފަރާތަކަށެވެ.

  ވީމާ، މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 އޮކްޓޯބަރ 12 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލް މެންބަރ ފަރަޙަ އާދަމް (9807544) އާ ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. މައުރަޒުގެ ޤަވާއިދު މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

25 ސެޕްޓެންބަރު 2025
ހޯދާ