ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރ ފޮރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްއަށް ހެޑް އޮފް ސެންޓަރ އެއް ބޭނުންވެއްޖެ:

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސެންޓަރ ފޮރ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްއަށް ހެޑް އޮފް ސެންޓަރއެއް ބޭނުންވެއްޖެ:

މަޤާމް: ހެޑް އޮފް ސެންޓަރ، ސެންޓަރ ފޮރ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒް

މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް

ބޭނުންވާ އަދަދު: 1 (އެކެއް)               

މަޤާމުގެ މުއްދަތު: ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

ލިބޭ އުޖޫރައާއި އެހެނިހެން ޢިނާޔަތްތައް:

މުވައްޒަފަށް ލިބޭ މުސާރައާއި އެލަވަންސް:  

  • ޕީ.އެޗް.ޑީ ނަމަ، ހުރިހާ އެލަވަންސަކާއެކު، މަހަކު -/34280 ރުފިޔާ
  • މާސްޓަރސް ނަމަ، ހުރިހާ އެލަވަންސަކާއެކު، މަހަކު -/30625 ރުފިޔާ
  • ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި، މުސާރައާއި އެލަވަންސް، މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓްވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮވެއެވެ.

އެލަވަންސް: މި އެލަވަންސް ދެވެނީ، ކިޔަވާ ދަރިވަރުންނަށް ނިސްބަތްކޮށެވެ. އަދި މަސައްކަތް ނިންމުމަށް އިތުރުގަޑީގައި ވެސް މަސައްކަތްކުރާނެކަމަށް ބަލައެވެ.

ތަޢުލީމީ ޝަރުޠުތައް:

- ދަށްވެގެން އެމް. ކިޔޫ. އޭ. އިން ގަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް، ތަނުގައި ކިޔަވައިދޭ ދާއިރާއަކުން އޮތުން.

- ވަޒީފާގެ މަސައްކަތާބެހޭ ޑޮކިޔުމަންޓްތައް، ތަނުގައި ކިޔަވައިދޭ ބަހުން ރަނގަޅަށް ލިޔަން އެނގުން.

ތަޖުރިބާ:

މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުރުން. ޚާއްޞަކޮށް، މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ މެނެޖްމަންޓް ތަޖުރިބާކަމުގައި ބަލާނީ، ދަށްވެގެން އެސިސްޓަންޓް ޑިރެކްޓަރ ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. މަތީ ތަޢުލީމުގެ ދާއިރާގައި ފުލްޓައިމްކޮށް ކިޔަވައިދިނުން ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނިދާނެއެވެ. އަދަދުކުރުމުގައި ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

ވަޒީފާގެ ބައެއް ޝަރުޠުތައް:

- މަޤާމުގައި ހުންނަ މީހަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ.

- ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، އެދެވޭ އިތުރު ބައެއް ސިފަތައް:

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، އެދެވޭ ބައެއް ސިފަތައް ހިމެނޭ މަޤާމުގެ ފުރިހަމަ ވަޒީފާ ބަޔާން ޔުނިވަރސިޓީގެ ވެބްސައިޓުން ލިބޭނެއެވެ. ޔުނިވަރސިޓީގެ ވެބްސައިޓުގެ އެޑްރެހަކީ، http://www.ium.edu.mv އެވެ.

 

ސިޓީ ފޮނުވަންވީ ތާރީޚު:

2015 އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  2.  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.
  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  5.  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

ނޯޓް:    

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު:   

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015
ހޯދާ