މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އައު އިމިގްރޭޝަން ޤާނޫނު ގެ ދަށުން، ގަވާއިދުތައް އެކުލަވާލުމަށް 4 (ހަތަރު) މަސްދުވަހަށް "ލޯ ފަރމް" އެއް ޢައްޔަނުކުރުމަށް

އިޢުލާން

ޕްރޮޖެކްޓް ނަންބަރ: PC-942025W-28

އަންދާސީ ހިސާބު ބޭނުންވެއްޖެ

  1. ދިވެހިރާއްޖޭގެ އައު އިމިގްރޭޝަން ޤާނޫނު ގެ ދަށުން، ގަވާއިދުތައް އެކުލަވާލުމަށް 4 (ހަތަރު) މަސްދުވަހަށް "ލޯ ފަރމް" އެއް ޢައްޔަނުކުރުމަށް ކުރެވުނު ނަންބަރު (IUL)94-Q/94/2025/42 ޢިއުލާނާއި ގުޅިގެން ހުށަހެޅުނު ބިޑުތައް، މި މަޝްރޫޢަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ މަތިވުމުގެ ސަބަބުން، އެ އިޢުލާނުގެ ދަށުން ހުށަހެޅުނު އެންމެހައި ބިޑުތައް ބާޠިލުކުރެވި، އެ އިޢުލާނުވެސް ވަނީ ބާޠިލުކުރެވިފައެވެ. ވީމާ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އަލުން އިޢުލާނުކުރަމެވެ. 
  2. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv 23 ސެޕްޓެންބަރު 2025 އިން ފެށިގެން ލިބެން ހުންނާނެއެވެ. އަދި މި ބިޑް އާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 ސެޕްޓެންބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. 
  4. ބީލަން ހުށައެޅުން އޮންނާނީ 05 އޮކްޓޫބަރު 2025 ވާ އާދީއްތަ ދުވަހުގެ 10:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޑިވިޜަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑުތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިވިޜަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330464, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

23 ސެޕްޓެންބަރު 2025
ހޯދާ