މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރި މަސްޖިދުލް ޢިބާދާތު ހަރިއްމަފާރު ރޭނުން

މިލަދުންމަޑުލު ދެކުނުބުރީ ނ. ކުޑަފަރީގައި މިހާރުވެސް ބޭނުންކުރަމުންދާ މަސްޖިދުލް ޢިބާދާތުގެ ބޭރުގެ ފާރުތައް ރޭނުން، ކުލަލުމުގެ އިތުރުން، ގޯތިތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ކޮށްދޭނޭ ބަޔަކު ހޯދާން ބޭނުންވެއެވެ.

ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2025 ސެޕްޓެންބަރު 28 ވާ އާދީއްތަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. އިއުލާނާއެކު މަސައްކަތާއި ގުޅޭ ތިރީގައިއެވާ ލިޔެކިއުން އެއްހީރާސްކުރެވިފައިވާނެއެވެ.

  1.  ޑްރޯވިންގްސް ކޮރަލްޑުރޯ ފައިލް ލިންކް: https://shorturl.at/L8ztn
  2. ޑްރޯވިންގްސް : https://shorturl.at/RONgN
  3. މައުލޫމާތު ކަރުދާސް: https://shorturl.at/q9ZYg
  4. ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/SQ5Un

މި މަސައްކަތާގުޅޭ މަޢުލޫމާތު ބައްދަލުވުން ކުރިޔަށްދާނީ 2025 ސެޕްޓެންބަރު 28 ވާ އާދީއްތަ ދުވަހު މެންދުރު 13:00 ގައި މި އިދާރާގައެވެ. މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ބީމަލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައި ވިނަމވެސް ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެފައިވާނަމައެވެ. ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފު ކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 2025 އޮކްޓޫބަރު 01 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން އެ މައުލޫމާތެއް ސާފުކުރެއްވޭނެއެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 އޮކްޓޫބަރު 02 ވާ ބުރާސްފަތި ދުވަހު މެންދުރު13:00ގައި މި އިދާރާ ގައެވެ. އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ އެ ބައްދަލުވުމެއް އޮންނާނީ ޖެހިގެން އެންމެ އަވަށް ހުޅުވޭ ރަސްމީ ދުވަހެއްގެ ދެންނެވިފައިވާ ގަޑީގައެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

23 ސެޕްޓެންބަރު 2025
ހޯދާ