ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: ނަޑެއްލާ ސްކޫލުގެ ޕީޓީއޭގެ ސާމާނުތައް ރައްކާކުރުމަށް ކަބަޑެއް އަމިއްލަ ތަކެތީގައި ޖެހުން
GS204/NS/IUL/2025/11
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަޑެއްލާ ސްކޫލުގެ ޕީޓީއޭގެ ސާމާނުތައް ރައްކާކުރުމަށް ކަބަޑެއް އަމިއްލަ ތަކެތީގައި ޖެހުން
ނަޑެއްލާ ސްކޫލުގެ ޕީޓީއޭގެ ހިފާގެންގުޅޭ ސާމާނުތައް ރައްކާކުރުމަށް ސުކޫލުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކަބަޑެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށެހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
- މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާފަރާތްތަކުން، 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތިދުވަހު މެންދުރުފަހު 13:00 ގައި ސުކޫލަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ހުށަހަޅުއްވާ ކޯޓޭޝަންތައް ހުންނަންވާނީ މާލިއްޔަތު އުޞޫލަށްފެތޭގޮތަށް ރެޖިސްޓްރީކުރެވިފައިވާ ވިޔަފާރީގެ ލެޓަރހެޑްގައި ވެރިފަރާތުގެ ސޮޔާއެކުގައެވެ. އަދި ކޯޓޭޝަނާއެކު ވިޔަފާރި ރަޖިސްޓްރީ ކޮޕީގެ އިތުރުން ވިޔަފާރީގެ ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
- ކޯޓޭޝަން ބަލައިގަތުން އޮންނާނީ 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތިދުވަހު މެންދުރުފަހު 13:00 ގައި ނަޑެއްލާ ސްކޫލުގެ ޕްރިންސިޕަލް ކެބިންގައެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކުގެ ކޯޓޭޝަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ދެވިފައިވާ ސުންގަޑީގެ ކުރިން ސުކޫލު އިދާރާއިން ނުވަތަ ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނާނެއެވެ.
- ނަޑެއްލާ ސްކޫލް، ގދ ނަޑެއްލާ
- ފޯން: / 68400647900920
- އީ-މެއިލް: [email protected]
22 ސެޕްޓެންބަރ 2025
.
22 ސެޕްޓެންބަރު 2025
ހޯދާ