ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ޤުރުއާން މުބާރާތް 2025 އޮކްޓޫބަރ 16ން 18ށް ލ. ފޮނަދޫ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތް ހުޅުވާލެވިފައި ވަނީ ދެ ބަޔަކަށެވެ. އެއީ ސުކޫލްތަކުގެ ބަޔާއި، އާންމު ބައެވެ. ސުކޫލްތަކުގެ ބައިގައި ކޮންމެ ސްކޫލަކުން ބައިވެރިވެވޭނީ ގިނަވެގެން ސައުވީސް ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި ބާރަ ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ގޮފީގައި ބާރަ ބައިވެރިންނެވެ. މުބާރާތުގެ އާންމު ބައި ބައިވެރިވާނީ (ޤުރްއާން ކްލާސް، ޕްރީސްކޫލް، ކްލަބްޖަމްޢިއްޔާ، އާންމު ފަރުދުންނެވެ. މުބާރާތު އާންމު ބައިގައި ބައިވެރި ކުރެވޭނީ ގޫގަލް ފޯމް ހުށަހަޅާ ތަރުތީބުން އައްޑިހަ ބައިވެރިންނެވެ. ޕްރީސުކޫލްތަކާ، ޤުރްއާން ކްލާސްތަކާ އަދި ކްލަބްޖަމްޢިއްޔާ ތަކުން ދެގޮފީގައި ގިނަވެގެން ބައިވެރި ކުރެވޭނީ ދިހަ ބައިވެރިންނެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮކްޓޫބަރ 05 ވަނަ ދުވަހު 14:00 ގެ ކުރިން ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.
ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކު: https://www.voshufila.com/95/participate