ދިވެހިރާއްޖެ
ހޯލް އިމާރާތުގަ އެކޯސްޓިކް ބޯޑު ހަރުކުރުން |
މި ސްކޫލްގެ މަލްޓިޕަފޯސް ހޯލް އިމާރަތުގެ އެތެރޭގައި އެކޯސްޓިކް ބޯޑް ހަރުކުރަން ބޭނުންވެއެވެ. ކޯޓޭޝަން ހުޝަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ހުށައަޅާކޯޓޭޝަންގައި މަސައްކަތްކުރެވޭނެ އަގާއި މަސައްކަތަށް ހޭދަވާނެ މުއްދަތު ހިމެނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ.
މަޢުލޫމާތު ސާފުކުމާއި ކޯޓޭޝަން ހުށައެޅުން |
ޅައިމަގު ސްކޫލް އޮފީސް |
މަޢުލޫމާތު ސާފުކުރުން |
2025 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 13:30 ގައި |
ކޯޓޭޝަން ހުށަހެޅުމާއި، ކޯޓޭޝަން ކެނޑުން. |
2025 އޮކްޓޯބަރ 2 ވަނަ ދުވަހުގެ 13:30 ގައި |
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ރަބީޢުލްއައްވަލް1447
22 ސެޕްޓެމްބަރ 2025