ދިވެހިރާއްޖެ
- ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު
މިކުންފުނީގެ ހެޑް އޮފީސް އިމާރާތް، ޕޯސްޓް ބިލްޑިންގެ 7 ވަނަ ފަންގިފިލާ މަރާމާތުކުރުމާއި، އިމާރާތުގެ ވަށައިގެން ބޭރުގައި (ކްލެޑިންގ) ސިލިކޯން ހަލާކުވެފައިވާ ދިމަދިމާލުގެ ސިލިކޯން އައުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް ބިލްޑިންގ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
| ޕްރީ-ބިޑް މީޓިންގ: | |
| ތާރީޚް: | 30 ސެޕްޓެމްބަރު 2025 | 
| އެޑްރެސް/ތަން: | ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ | 
| ގަޑި | 11:00 | 
| ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: | |
| ތާރީޚް: | 7 އޮކްޓޫބަރު 2025 | 
| އެޑްރެސް/ތަން: | ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ | 
| ގަޑި | 11:00 | 
2. ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު ބައެއް މައުލޫމާތު:
- ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 29 ސެޕްޓެމްބަރު 2025 ވާ ހޯމަ ދުވަހުގެ 12:00ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009210
- [email protected]
 
                    