ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރެވޭނީ، ކަނޑައެޅޭ ވަކި މަގާމުތަކަކަށް ކަނޑައެޅޭ ވަކި އަދަދަކަށް ކަމުގައި ހަމަޖެއްސުން

އިޢުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުމުގައި މިހާރު ޢަމަލުކުރަމުންދާ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މި ޑިޕާޓްމަންޓުން މިގެންދަނީ ކުރަމުންނެވެ.

މިގޮތުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރެވޭނީ، ކަނޑައެޅޭ ވަކި މަގާމުތަކަކަށް ކަނޑައެޅޭ ވަކި އަދަދަކަށް ކަމުގައި ހަމަޖައްސައިފީމެވެ.

އަދި ދަންނަވަމެވެ. މިބަދަލާ އެއްގޮތަށް ގެޒެޓުގައި ޝާއިޢުކުރެވޭ ދުވަހުން ފެށިގެން އެކްސްޕެޓް އޮންލައިން ސިސްޓަމަށްވެސް ބަދަލުގެނެވޭނެ ވާހަކަ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޛުލްޙިއްޖާ 1436     

13 އޮކްޓޫބަރު 2015
ހޯދާ