މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރީ ސްކޫލްތަކުން ގްރޭޑް 1 އަށް ބަދަލުވާ ކުދިންނާއި ގްރޭޑް 7 އިން ގްރޭޑް 8 އަށް ބަދަލުވާ ކުދިންނާބެހޭ

އިޢުލާން

މާލެ، ހުޅުމާލެ އަދި ވިލިނގިލީ އަވަށުގެ ޕްރީ ސްކޫލްތަކުން ގްރޭޑް 1 އަށް ބަދަލުވާ ކުދިންނާއި ގްރޭޑް 7 އިން ގްރޭޑް 8 އަށް ބަދަލުވާ ކުދިން މާލެ، ހުޅުމާލެ އަދި ވިލިނގިލީ އަވަށުގެ ސްކޫލްތަކުގައި ރަޖިސްޓަރީ ކުރުމުގެ މަސައްކަތް މިހާރު މި ދަނީ މި މިނިސްޓްރީގެ ފަރާތުން ކުރަމުންނެވެ. މީގެ އިތުރުން 2016 ވަނައަހަރު މާލެ، ހުޅުމާލެ އަދި ވިލިނގިލީ އަވަށުގައި ހުންނަ ސަރުކާރުގެ ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން، 2016ވަނަ އަހަރު މާލެ، ހުޅުމާލެ، ވިލިނގިލީ އަވަށުގެ ސަރުކާރު ސްކޫލަކަށް ދަރިވަރުން ވައްދަން އެދޭ މަޢުލޫމާތު ފޯމު، ފުރިހަމަކުރެއްވުމަށްފަހު 05 ނޮވެންބަރު 2015 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ. މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

29 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015
ހޯދާ