ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (މަލްޓިމީޑިއާ)

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މަލްޓިމީޑިއާ)

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ރޭންކް

ޖީ.އެސް 3

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ޑިޕާޓްމަންޓް/ސެކްޝަން

ކޮމިޝަނުގެ ބިއުރޯ ޑިޕާޓްމަންޓް

އަސާސީ މުސާރަ

-/6,611 ރުފިޔާ

އެލަވަންސާއި އިތުރު ގަޑި

-    ލިވިންގ އެލަވަންސް : -/3,000 ރުފިޔާ

-     ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %50): 3,305/50 ރުފިޔާ

-     ހާޒިރީ އެލަވަންސް (ހާޒިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) 100/- ރުފިޔާ

-     އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުތު

  1. އޯ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ތިން (3) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
  2. އޭ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ދެ (2) މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދަކާއެކު ޖީ.އެސް 2 ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް:

މި މަޤާމަށް މުވައްޒަފަކު ނެގުމުގައި، މަލްޓިމީޑިއާ ނުވަތަ ގްރެފިކްސް ޑިޒައިނިންގ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ޙާޞިލުކޮށްފައިވާ އަދި ގްރެފިކްސް މަސައްކަތް ކުރުމަށް މިކޮމިޝަނުން ބޭނުން ކުރަމުންދާ އެޕްލިކޭޝަންތައް (ލައިޓްރޫމް، ފޮޓޯޝޮޕް އަދި އިލުސްޓްރޭޓަރ) ބޭނުންކުރަން އެނގޭ މިންވަރު ބަލައި އެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ގްރެފިކްސް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ޕޯސްޓްތައް ތައްޔާރުކުރުން.
  2. މީޑިއާތަކުގައި ޖޭއެސްސީގެ ޚަބަރު ދައުރުވާ މިންވަރު ދިރާސާކޮށް، ސެކްރެޓަރީ ޖެނެރަލްއަށް މީޑިއާ ކަންކަމުގައި ލަފާދިނުން.
  3. ކޮމިޝަނުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާ ބައްދަލުވުންތަކާ ގުޅިގެން ފޮޓޯ ނެގުމާއި އެތަކެތި އެޑިޓްކޮށް މީޑިއާގައި ޝާއިޢުކުރުން.
  4. ކޮމިޝަން ބައްދަލުވުންތަކުގެ ފޮޓޯ ނެގުމާއި، ޚަބަރު ލިޔުން.
  5. ކޮމިޝަންއިން އާންމުންނަށް އަދި ފަނޑިޔާރުންނަށް އާންމުކުރަންޖެހޭ މައުލޫމާތާއި ޚަބަރު އާންމުކުރުން.
  6. ކޮމިޝަންގެ މަސައްކަތްތަކާއި ގުޅިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނުން.
  7. މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޑިޕާރޓަމްންޓް އަދި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތީން ކުރުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ވަޒީފާއަށް އެދޭމީހުންގެ އިޤްރާރު.
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ރެފްރީގެ މައުލޫމާތު ފޯމް (ހަމައެކަނި ވަޒީފާ އަދާކޮށްފައިވާ/އަދާކުރަމުންދާ ފަރާތްތަކުން).
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

5. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ

6. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާރްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ.

https://apply.jsc.gov.mv

ސުންގަޑި

މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އޮކްޓޫބަރު 01 ވާ ބުދަ ދުވަހުގެ 13:00 އާ ހަމައަށެވެ.

އިތުރު މަޢުލޫމާތު

  1. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
  2. ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް  މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
  3. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުތުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.
  4. މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.
  5. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  6. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.    
21 ސެޕްޓެންބަރު 2025
ހޯދާ