ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު |
ނ.ހެނބަދޫ ސްކޫލުގެ 4 ކްލާސްރޫމަކުން މުށިނައްޓާ ތަޅުންއެޅުން
1- މި ސްކޫލުންދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ހަތަރު ކްލާސްރޫމަކުން ބައެއް މުށި ނައްޓައި ތަޅުން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
2- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިއްލާނާ އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. .
3- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ސެޕްޓެމްބަރ 21 ން 2025 ސެޕްޓެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ
ކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތް ތަކަށެވެ.
"ބިޑް ރަޖިސްޓްރޭޝަން ފޯމް" ގެ ލިންކް: http://bit.ly/42QbxJu
4 - މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 ސެޕްޓެމްބަރ 29 ވާ ހޯމަ ދުވަހުގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް
ފޮނުއްވުން އެދެމެވެ.
5- މި ބީލަމާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2025 ސެޕްޓެމްބަރ 30 ވާ އަންގާރަ ދުވަހު 13:00 ގައި މި ސްކޫލުގެ މީޓިން ރޫމުގައެވެ.
6 - ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2025 އޮކްޓޫބަރ 05 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ސްކޫލުގެ މީޓިން ރޫމުގައެވެ.
7 - އިތުރު މައުލޫމާތު ރަސްމީ ގަޑީގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހެނބަދޫ ސްކޫލު ، ނ. ހެނބަދޫ/ ދިވެހިރާއްޖެ
ފޯނު، 6560571
އީމެއިލް: [email protected]