ދިވެހިރާއްޖެ
އިންޑިއާ އަދި ދިވެހިރާއްޖެއާއި ދެމެދު ޘަޤާފީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ މަޢުލޫމާތާއި ޘަޤާފީ ކަންކަމާބެހޭ ޑިޕާޓްމަންޓުން ވަނީ "ކޮލްކައްތާ އިންޓަރނޭޝަނަލް ޗިލްޑްރަންސް ފިލްމު ފެސްޓިވަލް" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ދެއްވާފައެވެ. މި ފެސްޓިވަލް ގައި ބައިވެރިވުމަށް ހުށަހެޅޭނީ 2020 އިން 2025 އާ ދެމެދު އުފައްދާފައިވާ ފިލްމުތަކެވެ. މި ފެސްޓިވަލް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެމްބަރު 2025 ވާ ބުދަ ދުވަހު ފިލްމުތައް ބްލޫ-ރޭ، ޑީސީޕީ، އެމްޕީ4 އަދި ޑީވީޑީ ފޯމެޓްގައި ހުށަހަޅުއްވާ އެކަން މިސެންޓަރުގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސެންޓަރުގެ ނަންބަރު 3336868 އާއި ގުޅުއްވުން އެދެމެވެ.
