މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ޤުރްއާން ކުލާހުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލުން
އިޢުލާން
ކައުންސިލުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ޤުރްއާން ކުލާހުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލުން
މިކައުންސިލުގެ ފަރާތުން މިރަށުގެ ރައްޔިތުންނަށް އަމާޒު ކުރެވިގެން ޤްރްއާން ކުލާހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކުލާގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޯބަރ 1 ވާ ބުދަ ދުވަހު، އިޔާރު ޖަމިއްޔާގެ ޕްރީސްކޫލް ކުރިން ހިންގި އިމާރާތުގައެވެ.
ވީމާ، މި ޤުރްއާން ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު ފައުންޑޭޝަން ޝްޓޭޖުން ފެށިގެން ހުރިހާ އުމުރު ފުރަޔަކަށްވަނީ ހުޅުވާލެވިފައެވެ. މި އިޢުލާނާއެކު "ޤުރްއާން ކުލާހު"ގައި ބައިވެރި ވުމަށް އެދޭ ގޫގުލް ފޯމު ހިމެނިފައިވާނެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ތިރީގައިމިވާ ފަރާތްތަކާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- އަޙްމަދު އަޒުމީނު (ކައުންސިލް ރައީސް) – ފޯން: 7981984
- އިބްރާހީމް ނުހާނު (ކައުންސިލް މެމްބަރ) – ފޯން: 7801241
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ސެޕްޓެންބަރު 2025
ހޯދާ