ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މުލަކަތޮޅު ދިއްގަރު ހުޅަނގު އުތުރުފަރާތުން މިހާރުގެ ކުނިކޮށްޓާއި ދިމާލުގައިވާ ބީޗް ސަރަޙައްދު ތަރައްޤީ ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
2025 ސެޕްޓެމްބަރ 23 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން https://dhiggarucouncil.fillout.com/t/wZjFrmERC9us ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުން |
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
ބީލަން ހުށަހެޅުން |
2025 ސެޕްޓެމްބަރ 29 ވާ ހޯމަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި (ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.) |
އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.