މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ އޮފިސަރ، މާކެޓިންގ (ގްރެފިކްސް ޑިޒައިނަރ / ކޮންޓެންޓް ކްރިއޭޓަރ)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ އޮފިސަރ، މާކެޓިންގ (ގްރެފިކްސް ޑިޒައިނަރ / ކޮންޓެންޓް ކްރިއޭޓަރ) 

(އޮފިސަރ، SO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ

ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / މާކެޓިންގ ޑިވިޜަން / މާކެޓިންގ އެންޑް އެޑްވަރޓައިޒިންގ ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މި އޮތޯރިޓީގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން ސްޓްރެޓެޖީއަށް އެހީތެރިވެދިނުމަށްޓަކައި ގްރެފިކްސް ޑިޒައިން ކުރުމުގެ އިތުރުން، އެކިއެކި މީޑިއާތަކަށް އެކަށޭނެ ކޮންޓެންޓް އުފެއްދުން. މި ގޮތުން ވިޝުއަލް ކޮންޓެންޓްގެ ގޮތުގައި މި އޮތޯރިޓީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް (ފޭސްބުކް، އެކްސް، އިންސްޓަގްރާމް، ލިންކްޑްއިން އަދި ޓިކްޓޮކް) ރީތިކޮށް ފަރުމާކޮށްފައިވާ ޕޯސްޓް، ސްޓޯރީ އަދި އެހެނިހެން ވިޝުއަލް މެޓީރިއަލް ތައްޔާރުކުރުމާއި ބެނަރ، އިންފޮގްރެފިކްސް، ޕޯސްޓަރު، ފްލަޔަރ، ބްރޯޝަރ ފަދަ ތަކެތި ޑިޒައިންކުރުމާއި ވީޑިއޯ ކޮންޓެންޓް ތައްޔާރުކުރުމާއި ވީޑިއޯތަކަށް ބޭނުންވާ ގްރެފިކްސް އާއި އެނިމޭޝަން ތައްޔާރުކުރުން.

ޝަރުޠު:

މާކެޓިންގ ނުވަތަ ޑިޒައިނިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ،

މާކެޓިންގ ނުވަތަ ޑިޒައިނިންގއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މީރާގެ ޕްރެކްޓިކަލް އެގްޒާމުން ފާސްވުން ނުވަތަ،

- މާކެޓިންގ ނުވަތަ ޑިޒައިނިންގއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މީރާގެ ޕްރެކްޓިކަލް އެގްޒާމުން ފާސްވުން

 އެޑޯބް ފޮޓޯޝޮޕް، އިލަސްޓްރޭޓަރ، އިންޑިޒައިން، ޕްރިމިއަރ ޕްރޯ، ފަދަ ޑިޒައިން ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

 

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

  

ނޯޓް:

-  އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

-  މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-  މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

-  މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.

-  އިޢުލާނުކޮށްފައިވާ މަގާމުގެ ބޭންޑްގެ ތެރޭގައި ހިމެނޭ މަގާމެއްގައި ހުރި މީރާގެ މުވައްޒަފަކު މި އިޢުލާނަށް ކުރިމަތިލައި ހޮވިއްޖެނަމަ، މި އިޢުލާނުގެ ތެރެއިން އެ މުވައްޒަފުގެ ވަޒީފާ ހަމަޖެއްސިގެންދާނީ މުވައްޒަފު ހުރި މަގާމުންނެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2025 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް  Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 

26 ރަބީޢުލްއައްވަލް 1447

   18 ސެޕްޓެންބަރ 2025    

18 ސެޕްޓެންބަރު 2025
ހޯދާ