މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންގައި، ސުލިޕްވޭ ތަރައްޤީކޮށް، ހިންގުމުގެ ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުން.

     ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް

       ނ.ވެލިދޫ ، ދިވެހިރާއްޖެ

 

        ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންގައި، 50,000 އަކަފޫޓުގެ ސުލިޕްވޭއެއް ތަރައްޤީކޮށް،  ހިންގުމުގެ ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

     މިމަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

      ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 ކުރިން ޝައުގުވެރިކަން ފާޅުކޮށް، މިކުންފުނީގެ މެއިލް [email protected] މެއިލްކުރުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގައި ހެދުނު 9:00 ން މެންދުރު 12:00ށް، 6563946 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

18 ސެޕްޓެންބަރު 2025
ހޯދާ