ދިވެހިރާއްޖެ
" ދިވެހިންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫއު" ގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި، އެރަށެއްގެ ވާހަކައާއި ސަޤާފީ ހަނދާންތަކާއި ތާރީޙްތަށް އެއްކޮށް، އެރަށަކަށް ޙާއްސަ މަޢުލޫމާތުތައް ދަސްކޮށް ފޯރުކޮއްދޭނެ ބަޔަކު އުފެއްދުމަށް މީހުން ތަމްރީނު ކުރުމުގެ ހަރަކާތެއް ހިންގުމަށް ވަނީ ރޭވިފައެވެ. ވައިކަރަދޫގެ ތާރީޙާއި ސަގާފަތާއި އާދަކާދަ އަދި ދޫދޫމަތިން އަންނަ ތާރީޙީ ވާހަކަތައް ލިޔެ ތައްޔާރުކޮށް އެމަސައްކަތަށް ޓްރެއިންވުމަށް ޝައުގު ހުރި ފަރާތްތަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމުގައި ބައިވެރިވާން ގަސްތުކުރާ ފަރާތްތަކުން މި ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ ފޯނު ނަންބަރު 7540046 އަށް ނަމާއި އައިޑީކާޑު ނަންބަރު އަދި " ޓްރެއިނިން ގައި ބައިވެރި ވުމަށް " މިހެން ޖައްސަވާ ވައިބަރ ކޮށްދެއްވުމަށް އެދެމެވެ. ޓްރެއިނިންގައި ޖާގަ އޮތް މިންވަރަށްވުރެ ބައިވެރިންގެ އަދަދު އިތުރުވާނަމަ، ޓްރެއިނިންގައި ބައިވެރިވާނެ ފަރާތްތައް ކަޑައަޅާނީ މިކައުންސިލުން ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.