ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކައުންސިލާއި ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ކާބޯތަކެތީގެ މައުރަޒެއް 15 އޮކްޓޯބަރ 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ހޯނޑެއްދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށްވެސް މިމައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.
ވީމާ، މިމައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކާބޯތަކެތީގެ މައުރަޒު 2025 ގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރުއްވުމަށް ފަހު 09 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މުބާރާތުގެ އުސޫލު މި ޢިއުލާނާއެކު ޢާންމުކުރީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.