ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ސާފުކުރަމާ - ވަން ނޭޝަން. ވަން އޯޝަން. ވަން އަވަރ " އާއި ގުޅޭ

2025 ވަނަ އަހަރުގެ އިންޓަނޭޝަނަލް ކޯސްޓަލް ކްލީނިންގް ޑޭ ފާހަގަކުރުމަށް ބަންޔަން ޓްރީ ވަބިންފަރު ރިސޯޓާއި ކްލީން މޯލްޑިވްސް އެން.ޖީ.އޯ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއް ގަޑިއެއްގައި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް 2025 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ 16:00 އިން 17:00 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއް ވަގުތެއްގައި ކުރިއަށްގެންދެވޭ، ތިމާވެށި ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވޭ ޚާއްސަ ހަރަކާތެކެވެ.

ވީމާ، މި ޤައުމީ ފެންވަރުގެ މުހިންމު ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ. މި ހަރަކާތް ފެށޭނީ 2025 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ހަވީރު 15:45 ގައި  ކައުންސިލްގެ އިދާރާގެ ކުރިމަތިންނެވެ. 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ސެޕްޓެންބަރު 2025
ހޯދާ